 
										
			ގެއްލިގެން ހޯދަމުންދާ މުޙައްމަދު އަޒްހާންގެ ހަށިގަނޑުކަމަށް ބެލެވޭ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާލައިފިއެވެ. 
މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ ހ.ބޮނޑިކަނދޮޅުގޭ މުޙައްމަދު އަޒްހާންގެ ހަށިގަނޑު ކަމަށް ބެލެވޭ ހަށިގަނޑު ފެނުނީ މިމަހުގެ 2 ވަނަ ދުވަހުގެ އިރުއޮއްސެން އުޅެނިކޮށް ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ނިރޮޅުމަގުގައި ހުރި ވެޔޮތަކެއްގެ ތެރެއިންނެވެ. 
ފުލުހުން ވިދާޅުވީ ވެޔޮތަކުގެ ތެރެއިން ފެނުނު ހަށިގަނޑު ޕޯސްޓްމޯޓަށް ހެދުމަށް އިންޑިއާއަށް ފޮނުވާލާފައިވާކަމަށެވެ. 
އަޒްހާންގެ ފޯނު ފުލުހުން ހޯދިފައިވާއިރު، އޭނާ މަރާލާފައިވާކަމަށް ބެލެވޭ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް މިމައްސަލައިގެ ތަހްގީގަށް މިހާތަނަށް ލިބިފައިނުވާކަމަށް ފުލުހުން ވިދާޅުވެއެވެ.