ޚަބަރު

ސަފާރީއެއްގެ ވާ ނައްޓަން ފީނި މީހަކު މަރުވެއްޖެ


ގދ. ގައްދޫ ބޭރުގައި އޮތް ސަފާރީއެއްގެ ވާ ނައްޓަން ފީނި ދިވެހި ފިރިހެނަކު މަރުވެއްޖެއެވެ.މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިޙާދިސާގައި މަރުވެފައިވަނީ، ގައްދޫ ފެމޯރާ އަޙުމަދު ރަޝީދެވެ. އޭނާ މަރުވެފައިވަނީ ގައްދޫ ސިއްޙީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށްކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.ފުލުހުން ވިދާޅުވީ ސަފާރީގެ ވާ ނައްޓަން 3 މީހަކު ޑައިވިނަށް ދިޔަކަމަށާއި، އޭގެ ތެރެން 2 މީހަކު ހާލުދެރަވެގެން ގައްދޫ ސިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް އެކަކު މަރުވެފައިވާކަމަށެވެ. އަދި އަނެއް މީހާއަށް އިތުރު ފަރުވާ ދިނުމަށް އައްޑޫސިޓީ ޝަންގްރިއްލާ ރިސޯޓުގައި ހުންނަ ޑައިވިންގ ސެންޓަރަށް ގެންގޮސް ފަރުވާ ދެމުންގެންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.މިހާދިސާ ހިނގާފައިވަނީ، ސަފާރީގެ ވާ ނައްޓަން ފުޅިއަޅަގެން އަޑިއަށް ގޮސްއުޅުނިކޮށް އެތިންމީހުން ޑީކޮމްޕްރެސް ވެގެންކަމަށް ފުލުހުން ވިދާޅުވެއެވެ.