ޚަބަރު

ސިހުރާގުޅޭ ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށް އަންގައިފި


ސިހުރުވެރިކަމާބެހޭ
އެއްވެސް ކޮންޓެންޓެއް ބްރޯޑްކާސްޓް ނުކުރުމަށް ރާއްޖޭގެ ހުރިހާ
ބްރޯޑްކާސްޓަރުންނަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން އަންގަވައިފިއެވެ.



ބްރޯޑްކާސްޓިންގް
ކޮމިޝަނުން މިއަދު ނެރުއްވި ބަޔާނެއގައި ވިދާޅުވީ، ސިހުރާ ބެހޭގޮތުން ރާއްޖޭގެ
ބައެއް ބްރޯޑްކާސްޓަރުން މިހާރަކަށް އައިސް ކޮންޓެންޓް ގެނެސްދެމުންދާކަމަށެވެ.
އެހެންނަމަވެސް މިފަދަ ކޮންޓެންޓް ބްރޯޑްކާސްޓްކުރަނީ ކޮން ބްރޯޑްކާސްޓަރުންނެއް
ކަމެއް ބްރޯޑްކާސްޓް ކޮމިޝަންގެ ބަޔާނުގައި ފާހަގަކުރައްވާފައެއް ނުވެއެވެ.



ބްރޯޑްކާސްޓިންގ ކޮމިޝަންގެ ބަޔާނުގައި، ސިހުރާ ބެހޭގޮތުން ރާއްޖޭގެ ބައެއް ބްރޯޑްކާސްޓަރުން
މިހާރަކަށް އައިސް ކޮންޓެންޓް ގެނެސްދޭތީ، އެކަމުގެ ސަބަބުން ތަފާތު ކަންކަމުގައި
ސިހުރު ހެދުމަށް އާއްމުންނަށް ހިތްވަރު ލިބޭކަމަށް ވިދާޅުވެފައިވެއެވެ. އަދި
މުޖުތަމަޢުގައި ފިތުނަ ފަސާދައާއި ފާހިޝް ޢަމަލުތައް ފެތުރެމުންދާތީ އެކަމުގެ
ކަންބޮޑުވުން ފާޅުކޮށް ބައެއް ފަރާތްތަކުން އެ ކޮމިޝަނަށް ޝައުވާ ހުށަހަޅަމުންދާ
ކަމަށެވެ. އިސްލާމިކް މިނިސްޓްރީއާއި، ފިގުހުއެކަޑެމީއާއި ބައެއް ޢާއްމުން
މިކަމުގެ ޝަކުވާ ހުށަހަޅާފައިވާ ކަމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނެރުއްވި ބަޔާނުގައި
ވިދާޅުވެފައިވެއެވެ.