ދީން

އިސްލާމީ ތަޢުލީމު ކުރިއެރުވުމަށް ޚާޢްސަ ފޮތްތަކެއް ނެރެފި


އިސްލާމީ ތަޢުލީމު ކުރިއެރުވުމަށް ޚާޢްސަ 4 ފޮތެއް އިސްލާމިކް މިނިސްޓްރީން ނެރުއްވައިފިއެވެ.މި ފޮތްތައް ނެރުއްވައިދެއްވީ އިސްލާމިކް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ސައުދީއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ނައިބު ތާރިޤް ފާއިޒްއެވެ.މީގެތެރެއިން 2 ފޮތަކީ ސައުދީގެ އިލްމުވެރިން ލިޔުންވާފައިވާ ދެ ފޮތުގެ ތަރުޖަމާއެވެ. އަނެއް ދެފޮތަކީ ރާއްޖޭގައި ފުރަތަމަ ބޭއްވުނު ޢިލްމުވެރިންގެ މަހާސިންއާއި ދެވަނަ ޢިލްމުވެރިންގެ މަހާސިންތާގައި ހުށައެޅުނު ކަރުދާސްތަކާއި މަހާސިންތާގައި ނިންމުނު ނިންމުންތައްކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު ވިދާޅުވީ، އިލްމުވެރިންގެ ތިންވަނަ މަހާސިންތާގެ ފޮތް ވެސް ނެރުއްވުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.