ކުޅިވަރު

ރާއްޖޭގެ ހޭންޑް ބޯލް ޓީމް ކުޅުނު ފުރަތަމަ މެޗް އެއްވަރުވެއްޖެ


ސައުުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ ހޭންޑް ބޯލް ޓީމް ކުޅުނު ފުރަތަމަ މެޗް
އެއްވަރުވެގެން ނިމިއްޖެއެވެ. މިއަދު ޕާކިސްތާނާ ދެކޮޅަށް ކުޅުނު މިމެޗް
އެއްވަރުވީ ސަތާރަ ސަތާރައިންނެވެ.



މެޗްގައި ރާއްޖެއިގިނަ ވަގުތު ކުޅުނީ ލީޑާއެކުގައެވެ. ނަމަވެސް  ލިބުނު ފުރުސަތުތައް ބޭނުން ނުކުރެވުމުގެ
ފައިދާ ނަގައި ފަހު ވަގުތު ޕާކިސްތާނުން ނަތީޖާ ހަމަހަމަ ކުރިއެވެ. މިމެޗްގައި
ރާއްޖެއަށް އެންެ ގިނަ ލަނޑު ކާމިޔާބުކޮށްދިނީ 10ލަނޑު ކާމިޔާބުކޮށްދިން ފާތިމަތު
ރިޝްމާއެވެ.



ގްރޫޕް ބީގައި ރާއްޖެ ހިމެނޭއިރު ރާއްޖޭގެ ހޭންޑްބޯލް ޓީމް ދެން ވާދަކުރާނީ އަފްޤާނިސްތާނާއެވެ.
މިމެޗް ކުޅޭނީ މިމަހުގެ ބާރަ ވަަނަ ދުވަހުއެވެ.