ކުޅިވަރު

މިލާން އަތުން ޗެލްސީއަށް ފަސޭހަ މޮޅެއް


ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އީގައި އޭސީ މިލާނާ ދެކޮޅަށް ކުޅުނު މެޗު ޗެލްސީން ކާމިޔާބުކޮށްފިއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމުން ކާމިޔާބުކުރީ ހީކުރި ވަރަށް ވުރެ ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއްް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދިނީ ވެސްލީ ފޮފާނާއެވެ. އަދި ދެވަނަ ލަނޑު މެޗްގެ 56 ވަނަ މިނެޓްގައި ޖަހާދިނީ ޕިއޭ އެމެރިކް އައުބެމެޔާންގްއެވެ.

މިމެޗްގައި ޗެލްސީއިން ކާމިޔާބުކުރި ފަހު ލަނޑު މެޗްގެ 62 ވަނަ މިނެޓްގައި ޖަހާދިނީ ރީސް ޖޭމްސްއެވެ. މިމެޗްގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔައެވެ. މިފަހަރުގެ މުބާރާތުގެ ފެށުން ޗެލްސީއަށް ގޯސްވި ނަމަވެސް މިހާރު ވަނީ އަލުން އެޓީމްގެ ކުޅުން ރަނގަޅުކޮށް ގްރޫޕްގެ ދެވަނައަށް އަރާފައެވެ.

މިކާމިޔާބީއާއެކު ޗެލްސީ މިހާރު އުޅެނީ ތިން މެޗުން ލިބިފައިވާ ހަތަރު ޕޮއިންޓާއެކު ދެވަނައިގައެވެ. މިލާން އެޅެނީ ފައިދާ ގޯލްގެ ތަފާތުން ތިންވަނައިގައެވެ.