 
										
			 އެސްޓީއޯއިން ވޯލްޑްކަޕާއި ގުޅުވައިގެން "ހޭވައްލާ ތައްޔާރު"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފިއެވެ. މިޕްރޮމޯޝަން ކުރިޔަށްގެންދާނީ އަންނަ މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށެވެ. 
މިޕްރޮމޯޝަން އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި ރީޖަނަލް ފިހާރަތަކުގައި ކުރިއަށްދާނެ ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ. ޕްރޮމޯޝަންގައި ހިމެނޭ އައިޓަމްތަކުން 15 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށާއި 50 އިންޗީގެ ފިލިޕްސް ޓީވީއެއް ގަތުމުން ސައުންޑްސްޕީކަރ ބާ އެއް ހިލޭ ލިބޭނެ ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ. 
		
 
					
									
			މިޕްރޮމޯޝަންގެ ދަށުން 500 ރުފިޔާގެ ވިޔަފާރިކޮށްގެން ކޫޕަނެއް ލިބޭނެއެވެ. އަދި ގުރުއަތުން ހޮވޭ ފަރާތްތަކަށް ޚާއްސަ އިނާމްތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. 
އެގޮތުން މި ޕްރޮމޯޝަންގެ އެއްވަނަ އިނާމަކަށް އައިފޯން 14 ޕްރޯ މެކްސްއެއް، ދެވަނަ އިނާމަކަށް ޕީއެސް 5 އެއް ވީއާރް އާއެކު އަދި ތިންވަނަ އިނާމަކަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ 15000 ރުފިޔާގެ ގިފްޓް ވައުޗަރ އެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. 
މީގެއިތުރަށްވެސް ޕީޕަލްސް ޗޮއިސްގައި ވަގުތުން އިނާމު ލިބޭ ބައެއް ގޭމްތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް އެސްޓީއޯއިން މައުލޫމާތުދެއެވެ.