ޚަބަރު

ވަރުންގެ "ބޭދިޔާ" : އަނެއްކާވެސް ތަފާތު ރޯލަކުން


ވަރުން ދަވަން އާއި ކްރިތީ ސެނޮން ލީޑް ރޯލުން ފެންނަ ބިރުވެރި ފިލްމު "ބޭދިޔާ" ގެ ޓީޒާއާއެކު މި ފިލްމަށް ކުރެވޭ އިންތިޒާރު ކުރިއަށްވުރެ ވަނީ ބޮޑުވެފައެވެ.

މި ފިލްމަކީ ވަރަށް ޝައުގުވެރި ފިލްމަކަށްވާނެކަމަށް އިންޑިއާގެ މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ރިޕޯޓްކުރެއެވެ. އަދި ފިލްމުގެ ޕްލޮޓް އާންމުކޮށް ބޮލީވުޑްގައި ހަދާ ފިލްމުތަކުގެ ޕްލޮޓްތަކާ ވަރަށް ބޮޑުތަނުން ތަފާތުވާނެކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.

ފިލްމުގެ ޓީޒާ މިހާރު އާންމުކޮށްފައިވާއިރު މީގެ ޓްރެއިލާ ދައްކާލާނީ ވަރުންގެ ފިލްމީ ހަޔާތަށް 10 އަހަރު ފުރޭ ދުވަހާއި ދިމާކޮށް މި މަހުގެ 19 ވަނަ ދުވަހުއެވެ.


އަންނަ ނޮވެމްބަރު މަހުގެ 25 އަށް ތާވަލުކޮށްފައިވާ "ބޭދިޔާ" އަކީ 2018 ގެ ކާމިޔާބު ހޮރޯ-ކޮމެޑީ "އިސްތިރީ" ގެނެސްދިން ޑައިރެކްޓަރު އަމަރް ކޯޝިކް ލިޔެ، ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. .

ވަރުން ދެން އެންމެ އަވަހަށް ފެންނާނީ އެކީސް އާއި ސާޖިދު ނާދިއަދުވާލާގެ "ސަންކީ" އިންނެވެ. އަދި ރުސޯ ބްރަދާސްގެ ގްލޯބަލް ވެބް ސީރީޒް، "ސިޓަޑެލް" އަކީވެސް ވަރުންގެ ކުރިއަށްއޮތް މަސައްކަތެކެވެ. މި ސީރީޒަކީ ރާޖް އެންޑް ޑީކޭ ޑައިރެކްޓުކޮށް އެމެޒޯން ޕްރައިމް ވީޑިއޯ އިން ދައްކަން ހަމަޖެހިފައިވާ އެއްޗެކެވެ.

ކްރިތީގެ ކުރިއަށްއޮތް ފިލްމު "އަދިޕުރޫޝް" ގެ ފުރަތަމަ ލުކްވެސް ވަނީ ދައްކާލާފައެވެ. ކްރިތީގެ އިތުރުން ޕްރަބާސް އާއި ސައިފް އަލީ ޚާން ވެސް މި ފިލްމުގެ ލީޑް ރޯލުން ފެންނާނެއެވެ.