ވިޔަފާރި

މިއަހަރު އިތުރު 4 ސީޕްލޭން ގެންނަނީ- މޯލްޑިވިއަން


މޯލްޑިވިއަންގެ ސީޕްލޭންގެ ދަތުރުތައް ފުޅާކުރުމުގެ ގޮތުން މިއަހަރުގެ ތެރޭގައި މޫދަށް ޖައްސާ އިތުރު 4 ބޯޓު ގެނައުމަށް ހަމަޖެހިފައިވާ
ކަމަށް އައިލެންޑް އޭވިއޭޝަނުން ހާމަކޮށްފިއެވެ.

އައިލެންޑް
އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޢަބުދުލް ހާރިސް ވިދާޅުވީ މިހާރު މޯލްޑިވިއަންގެ
ސީ ޕްލޭން ފްލީޓްގައި 6 ބޯޓް އޮތްނަމަވެސް އަމާޒަކީ މިއަހަރު ނިމެންވާ
އިރަށް މޯލްޑިވިއަން ސީ ޕްލޭން ފްލީޓްގައި ހިމެނޭ އެއަރކްރާފްޓްގެ އަދަދު 10
އަކަށް ހެދުން ކަމަށެވެ.

ހާރިސް
ވިދާޅުވީ ސީ ޕްލޭން ވެފައި އޮންނަނީ ފަތުރުވެރިން ދަތުރުކުރުމަށް ޚާއްޞަކުރެވިފައިވާ
އެއްޗެއްގެ ގޮތުގައި ކަމުގައިވިޔަސް، ދިވެހިންނަށްވެސް ސީ ޕްލޭންގައި
ދަތުރުކުރެވޭނެ ގޮތްތައް ހަމަޖައްސައިދިނުމަށް އެކަމާގުޅޭ ޚާއްޞަ ދިރާސާއެއް
ކުރަމުން އަންނަ ކަމަށެވެ.

މޯލްޑިވިއަން
ސީ ޕްލޭންގެ ދަތުރުތައް ރާއްޖޭގެ 4 ރިސޯޓަށް
ކުރާއިރު ދުވާލެއްގެ މައްޗަށް 10 ވަރަކަށް ދަތުރު އެ އެއަރލައިންގެ ސީޕްލޭންތަކުން ކުރާކަމަށް އައިލެންޑް އޭވިއޭޝަނުން ހާމަކުރިއެވެ.