ކުޅިވަރު

ތައިލެންޑުގައި ބޭއްވި ޓެނިސް މުބާރާތަކުން ރާއްޖޭގެ އާރާއަށް ޗެމްޕިއަންކަން


ތައިލެންޑުގައި ކުރިއަށްދިޔަ އޭޝިއަން ޓެނިސް ފެޑެރޭޝަން (އޭޓީއެފް) ގެ 14 އަހަރުން ދަށުގެ މުބާރާތުގެ ޑަބަލްސް އިވެންޓުގައި ވާދަކޮށް ރާއްޖޭގެ އުއްމީދީ ކުޅުންތެރިޔާ އާރާ އާސަލް އާޒިމު ޗެމްޕިއަންކަން ހޯދައިފިއެވެ.

އާރާ ވަނީ މި މުބާރާތުގެ ޑަބަލްސް ބައިގެ 14 އަހަރާއި 14 އަހަރުން ދަށުގެ ސީ ޓޫ ސިކްސްގެ ކެޓަގަރީން ޗެމްޕިއަންކަން ހޯދާފައެވެ. މި ދެ ކުޅުންތެރިން ވަނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

ތައިލޭންޑުގެ ކޯ ޓެނިސް އެކަޑަމީން ތަމްރީން ފުރިހަމަކުރަމުން އަންނަ އާރާ ވަނީ މި މުބާރާތުގެ ސިންގަލްސް ބައިން ބްރޮންޒް މެޑަލް ވެސް ހޯދާފައެވެ. އާރާ ވަނީ މިދިޔަ މަހު ބޭއްވި އޭޓީއެފް މުބާރާތުގެ ސީޓޫ ފައިވް ކެޓަގަރީގެ ސިންގަލްސް ބައިން ބްރޯންޒް މެޑަލް ހޯދާފައެވެ. އަދި ޑަބަލްސް ބައިން ރިހި މެޑަލް ހޯދާފައެވެ.

އޭޓީއެފް ޖޫނިއާ ރޭންކިންގެ 14 އަހަރުން ދަށުގެ ރޭންކިންގެ 17 ވަނައިގައި މިވަގުތު އާރާ އޮތްއިރު ނިމިދިޔަ މުބާރާތުގައި އޭޝިއާ ބައްރުގެ 16 ގައުމަކުން ކުޅުންތެރިން ވަނީ އެކި ބައިތަކުގައި ވާދަކޮށްފައެވެ.

މީގެއިތުރުން އާރާ ވަނީ ސްރީލަންކާގައި ކުރިޔަށްދިޔަ ސެލެކްޝަން މުބާރާތުގައި ވާދަކޮށް ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ. ސެލެކްޝަން ބުރުގައި ވާދަކޮށް އާރާ ވަނީ އެއްވެސް މެޗަކުން ބަލިނުވެ ޗެމްޕިއަންކަން ހޯދާފައެވެ. މި މުބާރާތުގައި އާރާ އާއި ވާދަކޮށްފައި ވަނީ ސީނިއާ އުމުރުފުރާތަކުގެ ކުޅުންތެރިންނާއެވެ.

ރާއްޖޭގައި ޓެނިހުގެ އާ ޖީލެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މިހާތަނަށް ވަނީ ގިނަ ކާމިިޔާބީތަކެއް ހޯދާފައެވެ. އާރާ ގެ އިތުރުން ނަބާ ނިޝާން އަކީވެސް ޓެނިހުގައި ރާއްޖޭން ފާހަގަކޮށްލެވޭ އެތްލީޓެކެވެ.