ކުޅިވަރު

އުއްމީދު ކުރަނީ 200 މީޓަރ ދުވުމުގެ ރަން މެޑަލްއަށް - ސާއިދު


މިހާރު ވިސްނުން ހުރީ ގޭމްސްގެ 200 މީޓަރ ދުވުމުގެ ރަން މެޑަލްއަށް  ކަމަށް ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ބުނެފިއެވެ.



12ވަނަ ސައުތު އޭޝިއަން ގޭމްސްގެ 100މީޓަރ ދުވުމުގެ ރިހި މެޑަލް ހޯދުމަށްފަހު
ސާއިދު ބުނީ ލަންކާ ދުވުންތެރިން ސާކް ސަރަހައްދުގައި ތަފާތު ކަމަށާއި، ނަމަވެސް
ރަން މެޑެލް ހޯދުމަށް ކުރާ އުއްމީދު ނުގެއްލޭ ކަމަށެވެ.



"ގޭމްސް ނިންމާލަން ބޭނުމީ ރަން މެޑެލަކާއެކު. މިހާރު ދެން 200މީޓަރ
ދުވުމުގެ ރަން މެޑަލްއަށް މި އުއްމީދު ކުރަނީ" ސާއިދު ބުންޏެވެ.



ސާއިދު 100 މީޓަރ ދުމުގެ ރިހި މެޑަލް ހޯދީ ޤައުމީ އައު ރެކޯޑަކާވެސް
އެކުގައެވެ. ސާއިދު ރޭސް ނިންމީ 10.41ންނެވެ. ނިިމިގެންދިޔަ އިންޑިއަން އޯޝަން
އައިލެންޑް ގޭމްސްގައި ރަން މެޑަލް ހޯދި ސާއިދު ބުނީ މިސަރަހައްދު ޤައުމުތައް
އެތްލެޓިސްގައި މާ ވާދަވެރިވެކަމަށެވެ.



މިއީ 1991އަހަރުގެ ގޭމްސްއިން ރާއްޖޭގެ ފުޓްބޯޅަ ޓީމަށް ރިިހި މެޑަލް ލިބުނު
ފަހުން ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެއަށް ރިހި މެޑަލް ލިބުނު ފުރަތަމަ
ފަހަރެވެ.