ކުޅިވަރު

ބައިވެރިވި ފުރަތަމަ ގޭމްސްއިން ނާއިލް ފައިނަލަށް


ގޭމްސްގައި ވާދަކުރި ފުރަތަަމަ ފަހަރު 400މީޓަރ ދުވުމުގެ ފައިނަލުން ރާއްޖޭގެ
ޒުވާން ދުވުންތެރިޔާ މުހައްމަދު ނާއިލް ޖާގަ ހޯދައިފިއެވެ.



އިންޑިއާގައި މިހާރު ކުރިއަށްދާ 12ވަނަ ސައުތު އޭޝިއަން ގޭމްސްގެ 400މީޓަރގެ
ދެވަނަ ހީޓް ނާއިލް ނިންމީ ހަތަރުވަނަ އަށެވެ. 16އަހަރުގެ ނާއިލް ހީޓް ނިންމީ 51.14
ސިކުންތުންނެވެ. އއ މާޅޮހަށް އުފަން ނާއިލްއަކީ މިހާރު ރާއްޖޭގައި އަރަމުން އަންނަ
ދުވުންތެރިންގެ ތެރެއިން ފާހަގަކޮށްލެވޭ އެތްލީޓެކެވެ. 400 މީޓަރގެ ފައިނަލްގައި
ނާއިލް ވާދަކުރާނީ މާދަމާ ހަވީރުއެވެ. ނާއިލްއަށްވަނީ ދާދިފަހުން އޮލިމްޕިކް
ކޮމިޓީގެ ސްކޮލަރޝިޕެއްވެސް ލިބިފައެވެ.



400މީޓަރ ދުވުމުގެ ފުރަތަމަ ހީޓްގައި ރާއްޖޭގެ އަލީ ޝާމް ވާދަކޮށް ނިންމީ
ފަސްވަނައިގައެވެ. ޝާމް ރޭސް ނިންމީ 52.61 ސިކުންތުންނެވެ. ފަސްވަނައިގައި
ނިންމުމުން ޝާމްއަށް ފައިނަލްގެ ޖާގަ ވަނީ ގެއްލިފައެވެ.