ކުޅިވަރު

މިސްރަށް ނިސްބަތްވާ 18 އަހަރުގެ ކުއޯލް ނިއުކާސަލަށް ސޮއިކޮށްފި


ސެންޓްރަލް ކޯސްޓް މެރިނަރސްއަށް ކުޅޭ އޮސްޓްރޭލިއާގެ ޒުވާން ފޯވަޑް ގަރާންގް ކުއޯލް އިންގްލަންޑް ޕްރިމިއަރ ލިގުގެ ނިއުކާސްލްއަށް ސޮއިކުރުމާ ގުޅޭގޮތުން ދެ ކްލަބްގެ މެދުގައި އެއްބަސްވުމަކަށް އާދެވިއްޖެއެވެ.

މިއާއެކު މިއަންނަ އަހަރުގެ ޖެނުއަރީ މަހު ކުއޯލް ނިއުކާސްލްއަށް ސޮއިކުރާނެއެވެ. މި އެއްބަސްވުމުގެ ދަށުން ނިއުކާސަލް އިން ވަނީ ޓްރާންސްފަރ ފީ އެއްގެ ގޮތުގައި ތިންސަތޭކަ ހާސް ޕައުންޑް ދައްކާފައެވެ.

ނަމަވެސް ކުއޯލްގެ ކުޅުމާ އެކު ބޯނަހާއި އިތުރު ބައިތަކުގެ ދަށުން މި އަގު އިތުރު ވެގެންދާނެކަމަށް ބެލެވެއެވެ. ކުއޯލް ވަނީ މިހާރު ނިއުކާސްލްގެ މެޑިކަލްވެސް ހަދާފައެވެ. މިސްރަށް އުފަން އުމުރުން 18 އަހަރުގެ ކުއޯލް ހާމަކުރިގޮތުގައި މިއީ ގަބޫލުކުރަން ވެސް ދަތި، ހަގީގަތާއި ހިލާފު ކަމެއް ކަމަށެވެ.

އޮސްޓްރޭލިއާގައި ޒުވާން ކުއްޖެއްގެގޮތުން އެންމެ ބޮޑަށް ބަލާ ލީގަކީ ޕްރިމިއަރ ލީގު ކަމަށާއި ނަމަވެސް އެ ލީގުގައި ކުޅުމުގެ ފުރުސަތު ލިބުމަކިީ އެއްވެސް ވަރަކަށް ކުރިން އުންމީދުކުރި ކަމެއް ނޫންކަމަށެވެ. އެހެންކަމުން އެ ލީގުގައި ކުޅޭ ކުޅުންތެރިންނާއެކު ކުޅުމުގެ ފުރުސަތު ލިބުމަކީ އާދަޔާ ހިލާފު ކަމެއް ކަމަށެވެ. \

ނިއުކާސްލްގެ ކޯޗް އެޑީ ހޯވް ހާމަކުރިގޮތުގައި ކުއޯލްއަކީ ވަރަށް ހުށިޔާރު އަދި ހަލުވި ފޯވަޑެއް ކަމަށެވެ. އަދި އޭނާގެ ގޯލް ޖެހުމުގެ ހުނަރުވެސް ވަރަށް ރަނގަޅުކަމަށް ހޯވް ފާހަގަ ކުރިއެވެ. އަދި ކުރިއަށް އޮތް ދެތިން އަހަރު ވެގެންދާނީ އޭނާއަށް ޕްރިމިއަރ ލީގަށް ހޭނި އޭނާގެ ކުޅުން ރަނގަޅު ކުރުމަށް ލިބިގެންދާނެ އަހަރުތަކަކަށް ކަމަށެވެ.

ކުއޯލްވަނީ އޮސްޓްރޭލިއާ ޤައުމީ ޓީމަށް ފުރަތަމަ ފަހަރަށް މިދިޔަ ހަފްތާގައި ޖާގަހޯދާފައެވެ. މިއާއެކު އޭނާ ވެފައިވަނީ 1996 ވަނަ އަހަރު ހެރީ ކިއުލް އަށް ފަހު އޮސްޓްރޭލިއާ ޤައުމީ ޓީމުން ޖާގަހޯދި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. އަދި އޭނާ މެރިނަރސްއާއެކު ފުރަތަމަ ޕްރޮފެޝަނަލް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ ޖޫންމަހުގެ ތެރޭގައެވެ.
ކުއޯލް އޮސްޓްރޭލިއާއަށް ހިޖުރަ ކޮށްފައިވަނީ އާއިލާއާއެކު ރެފިއުޖީންގެ ގޮތުގައި ދެކުނު ސޫދާނުންނެވެ. އަދި އޭނާގެ ބޮޑަށް ހުންނަ ބޭބެ ކަމަށްވާ އަލޮއުވަނީ 2021 ވަނަ އަހަރު މެރިނަރސްއަށް ކުޅުމަށްފަހު ޖަރުމަނުގެ ޝްޓުޓްގާޓަށް ބަދަލުވެފައެވެ.