ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ބައެއް ސަރަހައްދުތަކުގެ ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެތީ އެކަމަށް ސަމާލުވުމަށް ނެޝަނަލް މީޓިއޮރޮލޮޖިކަލް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވިދާޅުވީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް 5 ދުވަހު ހާއްސަކޮށް އުތުރާއި މެދު ރާއްޖެ ތެރޭގައި ވައިގަދަވުމާއެކު ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ..
ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށްފައިވާއިރު، ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވަނީ ވޭތުވެދިޔަ ގަޑިއިރުތަކުގެ ތެރޭގައި މޫސުން ގޯސްވާނެކަމަށް ލަފާކޮށް ޔެލޯ އެލާޓްވެސް ނެރެފައެވެ.
ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވުން pic.twitter.com/r5zCWBGPmc
— Maldives Meteorology (@MetMaldives) September 30, 2022
ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށްފައިވާއިރު، ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވަނީ ވޭތުވެދިޔަ ގަޑިއިރުތަކުގެ ތެރޭގައި މޫސުން ގޯސްވާނެކަމަށް ލަފާކޮށް ޔެލޯ އެލާޓްވެސް ނެރެފައެވެ..