ކުޅިވަރު

ކުއަޓަރ ފައިނަލުން ޓެނިސް ކުޅުންތެރިޔާ ފާރިސް ބަލިވެއްޖެ


ލަންކާގެ އެއްނަމްބަރ ކުޅުންތެރިޔާއާ ވާދަކޮށް ސައުތު އޭޝިއަން ގޭމްސްގެ
ކުއަޓަރ ފައިނަލުން ރާއްޖޭގެ ޓެނިސް ކުޅުންތެރިޔާ މުހައްމަދު ފާރިސް ބަލިވެއްޖެއެވެެ. 

މިއަދު ހެނދުނު ގުއަހަޓީގައި ކުޅުނު މިމެޗުން ފާރިސް ބަލިވީ ސީދާ ދެސެޓުންނެވެ.
ލަންކާގެ އެއްނަމްބަރ ކުޅުންތެރިޔާ ޑިޝަނަޔަކަ މިމެޗްގެ ސެޓްތައް ހޯދީ ހަޔެއް އެކެއް
އަދި ހަޔެއް ސުމަކުންނެވެ. މިއީ ރާއްޖޭގެ ޓެނިސް ކުޅުންތެރިޔަކު ސަރަައްދީ
މުބާރާތެއްގެ ކުއަޓަރ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. މެޗަށްފަހު ފާރިސް
ބުނީ ކުއަޓަރއާ ހިސާބަށް އާދެވުމުންވެސް ހިތްހަމަ ޖެހިއްޖެކަމަށެވެ.



"ވަރަށް ބޮޑު ކުރިއެރުމެއް މިއީ. މިހާ ހިސާބަށް އާދެވުމުން ދެން ތިބި
ކުޅުންތެރިންނަށް ޗެލެންޖަކަށްވާނެ. އެކުޅުންތެރިން ދެން ޖެހޭނީ އިތުރު
މަސައްކަތްތަކެއްކޮށް މިހާ ހިސާބަށް އަންނަން" ފާރިސް ބުންޏެވެ.



ފާރިސް ބުނީ ރާއްޖޭގައިވެސް ހުނަރު އެބަހުރި ކަމަށާއި، ލަންކާ ނުވަތަ
އިންޑިޔާގައި ރާއްޖޭގެ ކުޅުންތެރިން ފަރިތަކުރާނަމަ ކުރިއެރުންތަކެއްް ހޯދޭނެ
ކަމަށެވެ.