ޚަބަރު

"ބިގް ބޮސް" ސީޒަން 16 އަންނަމަހު ދައްކަން ފަށަނީ


ކަލާސް ޓީވީން ދައްކާ ރިއަލިޓީ ޝޯވ "ބިގް ބޮސް" ގެ 16 ވަނަ ސީޒަން އަންނަ މަހު 1 ވަނަ ދުވަހު ޕްރިމިއާ ކުރަން ނިންމައިފިއެވެ.

ބެލުންތެރިންގެ ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ މި ޝޯވ ދައްކަން ފަށާނެ ތާރީޚާއެކު އައު ޕްރޮމޯއެއްވެސް ވަނީ ދައްކާލާފައެވެ. ޝޯވގެ ފުރަތަމަ ޕްރޮމޯ ދައްކާލާފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.


މި ފަހަރުގެ ސީޒަނުން ފެންނާނެ ކަމަށް ބުނާ ސެލެބްރިޓީންގެ ތެރޭގައި ދިވްޔާ އަގަރްވާލާއި، ޖަންނަތު ޒުބައިރާއި، ސަޔާނީ އިރާނީ، އާއި އުރްފީ ޖާވިދާއި، ކަނިކާ މަން އާއި، ޕްރާޗީ ދެސާއީ، އާއި އަރުޖުން ބިޖިލާނީ ،އާއި ވިވިއަން ޑިސޭނާގެ އިތުރުން މުނައްވަރު ފާރޫގީ އަދި ޝިން ނަރަންގް ހިމެނެއެވެ.

މިދިޔަ އަހަރު "ބިގް ބޮސް 15" ކާމިޔާބުކުރީ ކަލާޒް އިން ދައްކާ ސިލްސިލާ "ނާގިން 6" ގެ ބަތަލާ ތޭޖާސްވީ ޕްރަކާޝް އެވެ.

ޑަޗް ރިއަލިޓ ޝޯވ "ބިގް ބްރަދާ" އަސްލަކަށް ބަލައިގެން އުފެއްދި "ބިގް ބޮސް" ރިއަލިޓީ ޝޯވ ގެނެސްދޭން ފެށީ 2006 ވަނަ އަހަރުއެވެ. މިހާތަނަށް 1608 އެޕިސޯޑު ގެނެސްދީފައިވާ މި ޝޯވ ފުރަތަމަ ދައްކަން ފެށީ ހިންދީ ބަހުންނެވެ. އޭގެފަހުން މިހާރު އިންޑިއާގައި ވާހަކަ ދައްކާ އުޅޭ، ކަނަޑާ، މަލަޔާލަމް، ބެންގާލީ، ތަމަޅަ އަދި މަރާޓީ ބަހުންވެސް މި ޝޯވ ގެނެސްދެއެވެ.