ޚަބަރު

އާމިރުގެ ދަރިފުޅު އެންގޭޖްވީ އިޓަލީގައި


އާމިރު ޚާންގެ އަންހެން ދަރިފުޅު އިރާ ޚާން އިޓަލީގައި ލޯބިވެރިޔާ ނުޕޫރު ޝިކާރޭ އާއި އެންގޭޖް ވެއްޖެއެވެ.

އުމުރުން 25 އަހަރުގެ އިރާ 2020 އިން ފެށިގެން ރައްޓެހިވެގެން އުޅެނީ ފިޓްނެސް ޓްރެއިނަރެއް ކަމަށްވާ ނުޕޫރް އާއެވެ. އަދި މި ދެ މީހުންގެ ގުޅުމަށް ދެ ފަރާތުގެ އާއިލާގެ ރުހުން ވެސް ވަރަށް ބޮޑަށް ލިބިފައިވެއެވެ. ދެ މީހުން އެންގޭޖްވިކަން ދެ މީހުންވެސް ވަނީ އެމީހުންގެ އިންސްޓަގްރާމްގައި ހާމަކޮށްފައެވެ.

މިކަން ހާމަކޮށް ދެމީހުންވެސް ލާފައިވާ ވީޑިއޯ ކޮޅެއްގައި ފެންނަނީ އިރާ އިވެންޓެއް ތެރޭގައި ހުއްޓައި ނުޕޫރު އައިސް ޕްރޮޕޯސްކޮށް އިރާގެ އިނގިލީގައި އަނގޮޓި އަޅުވާތަނެވެ. އަދި އިރާ ޔެސް އޭ ބުނާ އަޑުވެސް ވީޑިއޯއިން އިވެއެވެ. އިރާ އަކީ 1986 ވަނަ އާމިރު އާއި ރީނާ ދައްތާ ކައިވެނިކޮށްގެން ލިބުނު ދެ ކުދިންގެ ތެރެއިން ހަގު ދަރިފުޅެވެ. ޖުނައިދު ޚާން އަކީ އެކައިވެންޏަށް ލިބުނު ފުރަތަމަ ދަރިފުޅެވެ. އާމިރުއާއި ރީނާގެ ކައިވެނި ރޫޅުނީ 2002 ވަނަ އަހަރުއެވެ.

އޭގެ ފަހުން 2005 ވަނަ އަހަރު އާމިރު ކައިވެނިކުރީ ޑައިރެކްޓަރު ކިރަން ރާއޯ އެވެ. ނަމަވެސް މިދިޔަ އަހަރު އެ ކައިވެނިވެސް ވަނީ ރޫޅައިފައެވެ. އެ ކައިވެންޏަށް ސަރޮގޭޓްކޮށްގެން ހޯދި ފިރިހެން ދަރިއަކު ވެސް ހުރެއެވެ. އެއީ 10 އަހަރުގެ އާޒާދު ރާއޯ ޚާނެވެ.