ކުޅިވަރު

ސައުތު އޭޝިއަން ގޭމްސް ޓެނިހުގެ ކުއަޓަރއަށް ފާރިޝް


ސައުތު އޭޝިއަން ގޭމްސްގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ކުޅުންތެރިއަކު ކުއަޓަރފައިނަލުން
ޖާގަހޯދައިފއެވެ. ރާއްޖޭގެ މުހައްމަދު ފާރިޝް ކުއަޓަރ ފައިނަލުން ޖާގަ ހޯދީ
އަފްޤާނިސްތާންގެ އަސަދުﷲއާ ވާދަކޮށް މެޗް ކާމިޔާބުކޮށްެނެވެ.



މެޗްގެ ސެޓްތައް ފާރިޝް ހޯދީ 5-7، 4-6 އަދި 4-6 ންނެވެ. މިއީ ރާއްޖޭގެ
ޓެނިހުގެ ތާރީޙުގައި ރާއްޖެ ކުުޅުންތެރިއަކު ސަރަހައްްދީ މުބާރާތަކުން ހޯދި އެންމެ
ބޮޑު ކާމިޔާބީއެވެ.



ކުއަޓަރ ފައިނަލްގައި މާދަމާ ފާރިޝް ވާދަކުރާނީ ލަންކާގެ އެއްނަމްބަރ
ކުޅުންތެރިޔާއާއެވެ. ރާއްޖޭގެ ޓެނިސް ކުޅުންތެރިންވަނީ ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައިވެސް ރަނގަޅު ކުޅުމެއް ދައްކާފައެވެ.