ޚަބަރު

ރަންދީޕް ހޫޑާވެސް ޑައިރެކްޓަރުގެ ގޮނޑިއަށް


ބޮލީވުޑް އެކްޓަރު ރަންދީޕް ހޫޑާ ލީޑް ރޯލުން ފެންނަ ފިލްމު "ސްވަތަންތުރާ ވީރު ސަވަރުކާރު" ގެ ވާހަކަ މީގެކުރިންވެސް ވަނީ ސުރުޚީތަކަށް އަރާފައެވެ.

މި ފިލްމުގެ އެންމެ ފަހުގެ އަޕްޑޭޓަކަށް މިހާރު އޮތީ ޑައިރެކްޓަރު މަހޭޝް މަންޖްރެކަރު ޑައިރެކްޓުކުރަން ހަމަޖެހިފައިވާ މި ފިލްމުގެ ޑައިރެކްޓަރަކަށް ރަންދީޕް ހަމަޖައްސާފައިވާ ވާހަކައެވެ. މަހޭޝް މިހާރު ވަނީ މި ފިލްމު ދޫކޮށްލާފައެވެ.

މީގެ މަސައްކަތް އަންނަ ހަފްތާގައި މަހާރާޝްތުރާގައި ފަށާނެއެވެ. ނަމަވެސް މަހޭޝް މަންޖްރޭކަރު މި ފިލްމު ޑައިރެކްޓުނުކޮށް ދޫކޮށްލި ސަބަބަބެއް ޕްރޮޑަކްޝަން ޓީމުން ހާމައެއް ނުކުރެއެވެ.

"ސްވަތަންތުރާ ވީރު ސަވަރުކާރު" ގެ ފުރަތަމަ ލުކް ފެންނަ ޕޯސްޓަރު ދައްކާލާފައިވަނީ އިންޑިއާގެ މިނިވަންކަމަށް ވަރަށް ބޮޑަށް މަސައްކަތްކުރެއްވި ސްވަންތްރާގެ 139 ވަނަ އުފަންދުވަހު ކަމަށްވާ މެއި 28 ވަނަ ދުވަހުއެވެ.


މި ފިލްމަކީ ސިޔާސީ އެކްޓިވިސްޓިއްގެ ގޮތުގައި ސްވަންތުރާ ވީރު އިންޑިއާގެ މިނިވަންކަމަށް ކޮށްދެއްވާފައިވާ މަސައްކަތްތައް ދައްކުވައިދޭ ބަޔޯޕިކް އެކެވެ.

ފިލްމުގައި ރަންދީޕް ފެންނަ ކެރެކްޓަރަށް ފިޓުވާން ރަންދީޕް ވަނީ ގާތްގަނޑަކަށް 25 ކިލޯ ލުއިވެފައެވެ. މި ފިލްމަކީ އާނަންދު ޕަންޑިތު މޯޝަން ޕިކްޗާސް އާއި ލެޖެންޑް ސްޓޫޑިއޯ ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމު ސިނަމާތަކަށް އަންނާނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.