ދުނިޔެ

އައި.އެސްއަށް ނިސްބަތްވާ ބަޔަކު ރަޝިޔާއިން ހައްޔަރުކޮށްފި


ރަޝިޔާގެ ރަށެއްކަމަށްވާ އިކަޓަރިންބަރގް ގައި ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަނެއްގައި އައިއެސް ޖަމާޢަތަށް ނިސްބަތްވާ ހަތްމީހުން ހައްޔަރުކޮށްފިއެވެ. ރަޝިޔާގެ ދާޚިލީ އަމްނާބެހޭ އިދާރާ އެފް.އެސް.ބީ އިން ބުނީ މި ހަތް މީހުންނަކީ މޮސްކޯއަށާއި އޮރާލް ފަރުބަދައިގެ ސަރަޙައްދެއްކަމަށްވާ ސްވެޑްލޮވްސްކް އަށް ޓެރަރިސްޓް ޙަމަލާތަކެއް ދިނުމަށް ރާވަމުން ގެންދިޔަ ބައެއް ކަމަށެވެ. އެމީހުން ނިސްބަތްވަނީ އައިއެސް ޖަމާޢަތަށް ކަމަށްވެސް އެއިދާރާއިން ބުނެއެވެ. ހައްޔަރުކުރި ހަތްމީހުންގެ ތެރޭގައި ހިމެނެނީ ރަޝިޔާގެ ބައެއްމީހުންނާއި މެދުތެރޭ އޭޝިޔާގެ ބައެއް ޤައުމުތަކުގެ މީހުންނެވެ. ރަޝިޔާއަކީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށްވަދެ އައިއެސްއަށާއި ސޫރިޔާގެ ހަނގުރާމަވެރި އެހެންޖަމާޢަތްތަކާ ދެކޮޅަށް ވައިގެ ޙަމަލާތައް ދެމުން ގެންދާ ޤައުމެކެވެ. އައިއެސްއިން ވަނީ ރަޝިޔާއާ ދެކޮޅަށް ބަދަލު ހިފާނެކަމުގެ އިންޒާރު ދީފައެވެ.