ކުޅިވަރު

ރާއްޖޭގެ ވޮލީ ދެޓީމެވެސް ބަލިވެ ތިންވަނަ ހޮވާ މެޗަށް


ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަންހެން ވޮލީ ޓީމާ ފިރިހެން ވޮލީ
ޓީމްވެސް ސެމީފައިނަލުން ބަލިވެއްޖެއެވެ.



ގުވަހަޓީގައި މިއަދު ކުޅުނު ސެމީފައިނަލް މެޗްތަކުން ރާއްޖޭގެ އަންހެން ވޮލީ
ޓީމް ބަލިވީ ލަންކާއާ ވާދަކޮށެވެ. މިމެޗް ލަންކާ ކާމިޔާބުކުރީ ސީދާ ތިން
ސެޓުންނެވެ. މެޗްގެ ސެޓްތައް ލަންކާ ހޯދީ 10-25، 18-25 އަދި 21-25 އިންނެވެ.



ގޭމްސްގެ ތިންވަނަ ހޮވާ މެޗްގައި ރާއްޖޭގެ އަންހެން ވޮލީ ޓީމް ވާދަކުރާނީ
ސެމިފައިނަލް ދެވަނަ މެޗުން އިންޑިޔާއަތުން ބަލިވި ނޭޕާލްއާއެވެ.



ރާއްޖޭގެ ފިރިހެން ވޮލީ ޓީމް މިއަދު ބަލިވީ ސަރަހައްދުގެ ގަދަ ބާރ އިންޑިޔާ
އަތުންނެވެ. މެޗްގެ ސެޓްތައް އިންޑިއާ ހޯދީ 17-25، 20-25 އަދި 19-25 އިންނެވެ.
ތިންވަނަ ހޮވާ މެޗްގައި ރާއްޖޭގެ ފިރިހެން ވޮލީ ޓީމް ވާދަކުރާނަން ޖެހޭނީ ޕާކިސްތާނާ ލަންކާ ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.