ދުނިޔެ

ސޫރިޔާގެ ލަޝްކަރުތައް ތުރުކީގެ ސަރަހައްދީ ރޮނގާ ގާތަށް !


ސޫރިޔާ ސިޓީއެއް ކަމަށްވާ ޙަލަބްގެ ކައިރީގައި އެޤައުމުގެ ސިފައިން ހިންގާ އަސްކަރީ އޮޕަރޭޝަނާއެކު ސޫރިޔާގެ ލަޝްކަރުތައް ތުރުކީވިލާތުގެ ސަރަޙައްދީ ރޮނގާ ގާތްވަމުންދާކަމަށް ޚަބަރު ލިބިއްޖެއެވެ. ސޫރިޔާގެ އިދިކޮޅު ލީޑަރެއްކަމަށްވާ ޢަބްދުއްރަޙީމް އައްނަޖްދާވީ ވިދާޅުވީ ރަޝިޔާގެ ވައިގެ ޙަމަލާތަކާއެކު ސޫރިޔާ ސިފައިން ކުރިއަރައި ތުރުކީވިލާތުގެ ސަރަޙައްދީ ރޮނގާ ގާތްވަމުންދާއިރު މިކަމުގެ ސަބަބުން އިދިކޮޅު ޖަމާޢަތްތަކަށް ބޮޑެތި ގެއްލުންތައްލިބި ޢާންމުންގެ އެތަށްބަޔަކު މަރުވަމުންދާކަމަށެވެ. ރިޕޯޓްތައް ބުނާގޮތުން ޙަލަބްގެ ކައިރީގައި ހިންގާ އަސްކަރީ އޮޕަރޭޝަންގައި ސޫރިޔާ ސިފައިން މިހާރުވަނީ އިދިކޮޅު ޖަމާޢަތްތަކުގެ އަތްދަށުގައިވާ އެތައް ސަރަޙައްދެއް މިނިވަންކޮށް އެތަންތަން ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް އަލުން ގެނެސްފައެވެ. މިއާއެކު ސޫރިޔާގެ ޢާންމުގެ އެތަށް ބަޔަކުވަނީ ރެފިއުޖީންގެ ގޮތުގައި ތުރުކީވިލާތުގެ ސަރަޙައްދީ ރޮނގުގެ ކައިރިއަށް ޖަމާވެފައެވެ.