ޚަބަރު

ކޭޝްކާޑަކުން ވައްކަންކުރި މީހަކު ފުލުހުން ހޯދަނީ


ކޭޝްކާޑަކުން އެކި ފަހަރުމަތިން ވައްކަންކުރި މީހަކު ހޯދަން ފުލުހުން އިޢުލާންކުރައްވައިފިއެވެ. ފުލުހުން ވިދާޅުވީ، ހޯދަމުންދާ މީހާއަކީ ވަގަށް ނަގާފައިވާ ކޭޝް ކާޑެއް ބޭނުންކޮށްގެން
އޭޓީއެމްއަކުން އެކި ދުވަސްމަތިން ގިނަ ޢަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާކަމަށް
ތުހުމަތު ކުރެވޭ މައްސަލައެއްގައި ހޯދަން ބޭނުންވެ ކާކުކަން ދެނެގަނެވިފައިނުވާ
މީހެއްކަމަށެވެ.އެހެންކަމުން މި މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ
އެ މަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޖެނެރަލް އިންވެސްޓިގޭޝަން
ޑިޕާރޓްމަންޓްގެ ނަންބަރު 9631696 ނުވަތަ ހޮޓްލައިން ނަންބަރު 3322111 އަށް
ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިވަޑައިގެންނަވައެވެ.