ޚަބަރު

މަސް ދޯންޏެއް ފަރަށް އަރައި ގެއްލުންވެއްޖެ


މަސް ދޯންޏެއް ފަރަށް އަރައިފިއެވެ.

ފަރަށް އަރާފައި ވަނީ ކ. ގާފަރު ހުދަންބަރު ނަމަކަށް ކިޔާ ދޯންޏެކެވެ. އެ ދޯނި އެރީ ފ. އަތޮޅު ހިމިތި ކިޔާ ފަރަކަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

އެމްއެންޑީއެފް އިން ބުނިގޮތުގައި އެ ދޯނި ފަރަށް އެރިކަމުގެ ރިޕޯޓުކޮށްފައި ވަނީ ހެނދުނު 6:30 ހާއިރުއެވެ. އަދި އެމްއެންޑީއެފްއިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މައުލޫމާތު ލިބޭގޮތުގައި އެ ދޯނި ފަރަށް އެރި އިރު 10 ވަރަކަށް ޓަނުގެ މަސް ހުއްޓެވެ. އަދި ދޯނީގައި 12 ދިވެހިން ތިބި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.