ސިޔާސީ

"މޮނިކޮން" އަމުރެއް ހައިކޯޓުން ފުރަތަމަ ފަހަރަށް ނެރުއްވައިފި


ޓެރަރިޒަމްގެ ކުށުގެތުހުމަތުކުރެވޭ މީހެއްގެ މައްޗަށް "މޮނިކޮން" އަމުރެއް ހައިކޯޓުންފުރަތަމަ ފަހަރަށް ނެރުއްވައިފިއެވެ. މި އަމުރު ކޯޓުން ނެރުއްވީ އިއްޔެއެވެ. މޮނިކޮންއަކީ އިލެކްޓްރޯނިކް ވަޞީލަތްތައް ބޭނުންކޮށްގެން ކުށްވެރިން މޮނިޓަރކުރުމުގެމަޤްޞަދުގައި އެކުލަވާލާފައިވާ ޤާނޫނެކެވެ. ހޯމް މިނިސްޓަރ ޢުމަރު ނަޞީރުވިދާޅުވީ، މިއީ ރާއްޖޭގައި ދުރާލައި ހިންގަމުން އަންނަ ހަމަނުޖެހުންތަކާއި،މާރާމާރީތައް ހުއްޓުވުމަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. 

ޓެރަރިޒަމް މަނާކުރުމުގެޤާނޫނުގައި ބުނެފައިވަނީ، ޓެރަރިޒަމްގެ ކުށެއް ކުރާކަމަށް ތުހުމަތުކުރެވޭ މީހުންގެތެރެއިން އެކަށީގެންވާ ތުހުމަތެއްގެ މައްޗަށް ބިނާކޮށް، މުޖުތަމަޢަށް ނުރައްކަލެއްކުރިމަތިކޮށްފާނެ ކަމަށް ހޯމް މިނިސްޓަރ ފެނިވަޑައިގަންނަވާ މީހެއްގެ މައްޗަށްމޮނިޓަރކޮށް، ކޮންޓްރޯލްކުރުމުގެ އަމުރެއް ނެރެދިނުމަށް ހައިކޯޓަށްހުށައެޅިދާނެކަމަށެވެ. އަދި އެފަދަ އަމުރެއް ނެރެފިނަމަ އެ އަމުރެއްތަންފީޒްކުރާނީ ފުލުހުންކަމަށް މި ޤާނޫނުގައި ބުނެފައިވެއެވެ. ފުލުހުންވެސް ވަނީއެފަދަ އަމުރެއް ނެރުއްވާފައިވާކަން ކަށަވަރުކޮށްދެއްވާފައެއެވެ.  

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި ވަނީ،ޓެރަރިޒަމްގެ ކުށުގެ ތުހުމަތުކުރެވޭ މީހާ ދިރިއުޅޭ ތަން މޮނިޓަރކޮށްކޮންޓްރޯލްކުރުމުގެ ގޮތުން އޭނާ ވަކި ތަނެއްގައި ދިރިއުޅެން އެންގުމާއި،ތުހުމަތުކުރެވޭ މީހާގެ ފައިސާ މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ ގޮތުން އޭނާގެބޭންކު އެކައުންޓުގެ މަޢުލޫމާތު މިނިސްޓަރަށް ދިނުމަށް އެންގުމާއި، އޭނާގެ މިލްކިއްޔާތުގައި ހުރިމުދަލުގެ މަޢުލޫމާތު ހާމަކުރުމާއި، މުދާ ބަލަން ބޭނުންވެއްޖެނަމަ ދެއްކުމަށް އެންގިދާނެކަމަށާއި، އަދި މިނޫންވެސް އޭނާއާ ގުޅުންހުރި ގިނަ ކަންކަން މޮނިޓަރކުރެވޭނެކަމަށްބުނެފައިވެއެވެ. އިއްޔެ ނެރުއްވި މޮނިކޮން ކޯޓު އަމުރުގައި ވަނީ އޭނާގެ 13 ކަމެއްފިޔަވައި އެހެން ކަންކަން ފުލުހުންނަށް މޮނިޓަރކުރެވޭނެކަމަށެވެ.