ދުނިޔެ

ތުރުކީގެ ބޯޑަރު ކައިރީގައިތިބި ސޫރިޔާގެ އާންމުންނަށް އެހީވަނީ


ތުރުކީއާއި ސޫރިޔާ އިންވެގެންވާ ބޯޑަރު ސަރަޙައްދުގައި މިހާރު ތިބި ސޫރިޔާގެ ރައްޔިތުންނަށް ޓެންޓާއި އިތުރު ސާމާނު ބެހުމުގެ މަސައްކަތް ތުރުކީގެ އެހީދޭ ޖަމާޢަތްތަކުން ފަށައިފިއެވެ.ސޫރިޔާގެ ހަލަބްގައި މިހާރު ބަދަލުކުރަމުންދާ ޙަމަލާތަކުން ސަލާމަތްވުމަށް ގާތްގަނޑަކަށް 35,000 މީހުން ދަނީ އެސަރަޙައްދު ދޫކޮށް، ތުރުކީއަށް އެތެރެވުމަށް މަސައްކަތް ކުރަމުންނެވެ. ތުރުކީން ވަނީ އިތުރު ރެފިއުޖީންނަށް އެގައުމުގައި ޖާގައެއް ދެވެންނެތް ކަމަށް ބުނެ، ތުރުކީއަށް އެތެރެވުން މަނާކޮށްފައެވެ.ތުރުކީގެ ބޮޑުވަޒީރުގެ ނާއިބު، ނޫމާން ކުޓުމުޝް ވިދާޅުވީ ތުރުކީ އިން މިހާރުވެސް 2.5 މިލިއަން ސޫރިޔާ ރައްޔިތުންނަށް ޙިމާޔަތްދީފައިވާ ކަމަށެވެ. އަދި، ތުރުކީގައި ސޫރިޔާގެ ރެފިއުޖީންނަށް އިތުރު ޖާގަދެވެންނެތް ކަމަށެވެ. ނަމަވެސް، އެހެނިހެން ގޮތްގޮތުން އެ ރައްޔިތުންނަށް ވެދެމުންދާ އެހީތަކަށް ހުއްޓުމެއް ނުގެންނާނޭ ކަމުގެ ޔަޤީންކަން އޭނާ ދެއްވާފައިވެއެވެ.