ޚަބަރު

އަލަމްގިރިގެ މައްޗަށް 40 ދައުވާކޮށްފި


އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރި ގެ މައްޗަށް 40 ދައުވާއެއް އުފުލައިފިއެވެ.

ބަޔަކު އެއްޖިންސުން ގުޅުން ހިންގައ ބަދު އަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެ އެ މައްސަލަ ބަލައި މީގެ ކުރިން އޭނާގެ މައްޗަށް ލިވާތުކުރުމުގެ ކުށް ވަނީ ސާބިތުވެފައެވެ. އަދި އެ މައްސަލާގައި އޭނާގެ މައްޗަށް ހުކުމް ވެސް ވަނީ އިއްވާފައެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ކުށް ސާބިތުވީ އެ އޭނާ އެއްބަސްވީމައެވެ.

އަލަމްގިރީގެ މައްޗަށް މިހާރު ދައުވާ އުފުލާފައި ވަނީ އޭނާ އޮރިޔާންކާޑު އުފައްދާ ގެންގުޅުނު މައްސަލާގައެވެ. އެގޮތުން ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކަކީ އޭނާ އުފައްދާފައިވާ އެއްޗެއް ކަމަށް އޭނަ ވަނީ އެއްބަސްވެފައެވެ. އެ މައްސަލާގައި 40 ދައުވާ އުފުލާފައި ވަނި ކޮންމެ ވީޑިއޯއަކަށް ވަކި ދައުވާއެކެވެ.

އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ އަންނާނީ 1 އަހަރާއި 6 މަހުގެ އަދަބެކެވެ. އެ މައްސަލާގައި އިއުތިރާފުވެއްޖެ ނަމަ އަދަބަކީ 2 ދުވަހެވެ.