ތަޢުލީމު

ލެބޯރެޓްރީ ޓެކްނޮލޮޖީއާއި ރޭޑިއޯގްރަފީ ދާއިރާގެ 1100 ކޯހެއް


ލެބޯރެޓްރީ ޓެކްނޮލޮޖީއާއި ރޭޑިއޯގްރަފީ ދާއިރާއިން ތަޢުލީމް ޙާޞިލްކުރުމަށް އެގާރަސަތޭކަ ފުރުޞަތު ހުޅުއްވާލައްވައިފިއެވެ. " ކޮންމެ ޒުވާނަކީ ހުނަރުވެރި ޒުވާނަކަށް ހެދުން " ސިޔާސަތުގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލާފައިވަނީ 1000 ލެބޯރަޓްރީ އެސިސްޓަންޓުން އަދި 100 ރޭޑިޔޯގްރަފީ އެސިސްޓަންޓުން ތަމްރީނުކުރުމުގެ ތަފާތު ހަތަރު ކޯހަކަށެވެ. މި ކޯސްތަކަށް އެދުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، މި ކޯސްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ފެންވަރުގެ ކޯސްތަކެކެވެ. އެގޮތުން މި ޕްރޮގްރާމް ފުރިހަމަކޮށް، ފާސްވާ ފަރާތްތަކަށް އެމްކިއުއޭގެ ލެވެލް 4 ނުވަތަ 3 ގެ ސަނަދެއް ދެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް ބޭނުންވާ ޢަމަލީ ތަޖުރިބާ ހޯދުމަށް ހަމަޖެހިފައިވަނީ ހޮސްޕިޓަލެއްގެ ނުވަތަ ހެލްތު ސެންޓަރެއްގެ ތަމްރީނުވެފައިވާ ސުޕަވައިޒަރެއްގެ ބެލުމުގެ ދަށުން މަސައްކަތްކޮށްގެންނެވެ. މީގެ ތެރެއިން ބައެއް ކޯސްތަކަށް ގްރޭޑް ދިހައެއް ނިންމާފައިވާ ފަރާތްތަކަށް ކުރިމަތި ލެވޭއިރު، ސާނަވީ އިމްތިޙާނަކުން 03 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވާ ފަރާތްތަކަށް ކުރިމަތިލެވޭ ކޯސްތައް މީގެ ތެރޭގައި ހިމެނޭ. މި ކޯސްތަކަކީ ތިންމަހާއި އެއްއަހަރާ ދެމެދުގެ ކޯސްތަކެއް. މި ކޯސްތަކާބެހޭ އިތުރު މަޢުލޫމާތު ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިއު ކުރައްވާފައެވެ.މި ކޯސްތަކަށް ކުރިމަތި ލުމުގެ ފުރުސަތު މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައްވާފައެވެ.