ކުޅިވަރު

ސޮންގެ ހެޓްރިކާއެކު ޓޮޓްނަމުން މޮޅުވުމުގެ ރިކޯޑު ދަމަހައްޓައިފި


ސޮން ހުއެން-މިންގެ ހެޓްރިކާއެކު އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީ ބަލިކޮށް ޓޮޓްނަމް ހޮޓްސްޕާއިން މޮޅުވުމުގެ ރިކޯޑު ދަމަހައްޓައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ޓޮޓްނަމުން ކާމިޔާބުކުރީ 6-2 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލެސްޓާ އިންނެވެ. މެޗްގެ ރަނގަޅަށް ފެށީވެސް ލެސްޓާ އިންނެވެ. މިގޮތުން މެޗްގެ ހަވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ލެސްޓަރ ވަނީ ލީޑުވެސް ނަގާފައެވެ.

މި ލަނޑު އެޓީމަށް ދެފަހަރު މަތިން ޖަހައިގެން ކާމިޔާބުކޮށްދިނީ ޔޫރީ ޓިއެލްމަންސްއެވެ. ނަމަވެސް މި ލަނޑު ޖެހިތާ ދެ މިނެޓްފަހުން ސްޕަރސްއިން ވަނީ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހެރީ ކޭންއެވެ. އަދި މެޗްގެ 21 ވަނަ މިނެޓްގައި ސްޕަރސްއިން ވަނީ އެރިކް ޑިއަރ ޖަހާދިން ލަނޑާއެކު މެޗްގެ ލީޑު ނަގާފައެވެ.

މެޗްގައި ލެސްޓާގެ ދެވަނަ ލަނޑު 41 ވަނަ މިނެޓްގައި ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްދިނީ ޖޭމްސް މެޑިސަންއެވެ. މި މެޗްގައި ދެވަނަ ފަހަރަށް ސްޕަރސްއިން ލީޑު ނެގީ 47 ވަނަ މިނެޓްގައި ރޮޑްރިގޯ ބެންޓަންކަރ ޖަހާދިން ލަނޑުންނެވެ. މި މެޗްގައި ދެން ފެނިގެންދިޔައީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި މިދިޔަ ސީޒަންގެ ރަންބޫޓު ހާސިލް ކުރި ސޮން ހިއުން މިން ހެޓްރިކް ހެދި ތަނެވެ.

މި ސީޒަންގައި މިހާތަނަށް ލަނޑެއް ކާމިޔާބުކުރެވިފައި ނުވުމުގެ ސަބަބުން ބެންޗުން މެޗު ފެށި ސޮން، ލީގުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑު ޖަހާފައިވަނީ 73 ވަނަ މިނެޓްގައެވެ. އަދި ދެވަނަ ލަނޑު ސޮން 84 ވަނަ މިނެޓްގައި ކާމިޔާބުކުރިއިރު އޭނާ ހެޓްރިކް ފުރިހަމަކުރީ 86 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިން ލަނޑާއެކުއެވެ.

މި ކާމިޔާބީއާއެކު ސްޕަރސް އޮތީ ކުޅުނު ހަތް މެޗުން ލިބިފައިވާ 17 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. ލެސްޓާ އޮތީ ތާވަލުގެ ފުލުގައެވެ. މި މެޗުން ސްޕަރސް މޮޅުވިއިރު މި ސީޒަނުގެ މިހާތަނަށް އެ ޓީމު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ.