ދުނިޔެ

ގިނި ހިލަ ވެއްޓުނު ހާދިސާގައި މަރުވި މީހާގެ އާއިލާއަށް ބަދަލުދެނީ


މިދޔަ ހޮނިހިރު ދުވަހު އިންޑިޔާގެ ޓެމިލްނާޑޫއަށް ގިނި ހިލައެއް ވެއްޓުމުގެ ސަބަބުން މަރުވި މީހާގެ އާއިލާއަށާ އަދި އެ ހާދިސާގައި ޒަޚަމްވި މީހުންނަށް ބަދަލުދޭނެކަން އެސްޓޭޓުން ހާމަކޮށްފިއެވެ.އެ ސްޓޭޓްގެ ސަރުކާރުން ބުނީ، ގިނި ހިލަ ވެއްޓި ގޮވުމުގެ ސަބަބުން މަރުވި މީހާގެ އާއިލާއަށް އެއްލައްކަ އިންޑިޔަން ރުޕީސް، އަދި މިހާދިސާގައި ޒަޚަމްވި ތިން މީހުންގެ ތެރެއިން ކޮންމެ މީހަކަށްވެސް ފަންސަވީސް ހާސް ރުޕީސް ދޭނެކަމަށެވެ.މިދޔަ ހޮނިހިރު ދުވަހު ގިނި ހިލައެއް ވެއްޓިފައިވަނީ، ޓެމިލްނާޑޫގެ ވެއްލޫރު ސަރަހައްދުގެ އިންޖިނިއަރިންގް ކޮލެޖެއްގެ ކެންޕަހަށެވެ. މިއީ، ކުޑަ ވަރެއްގެ ގިނި ހިލައެއްނަމަވެސް އޭތި ގޮވުމުގެ ސަބަބުން ބަސް ޑްރައިވަރެއް މަރުވެފައިވާއިރު، އެކޮލެޖުގެ ތިން ދަރިވަރަކަށް ވަނީ އެ ޙާދިސާގައި ޒަޚަމްވެ ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާދީފައެވެ.