ޚަބަރު

ބިދޭސީއެއްގެ މޫނަށް ދަގަނޑެއް ހެރި ސީރިއަސް ހާލަތުގައި!


އިމާރާތެއްގެ މަސައްކަތުގައި އުޅުނު މީގެއްހެ މޫނަށް ދަގަނޑެއް ހެރި ބޮޑު ހާނީއްކައެއް ވެއްޖެއެވެ.

ފުލުހުން ވިދާޅުވިގޮތުގައި މި ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު 11:30 ހާއިރުއެވެ. ހެންވޭރުގައި ހަދަމުން ދިޔަ ޢިމާރާތެއްގައި ހިނގި މި ހާދިސާގައި ޙާނީއްކަވެފައި ވަނީ ބިދޭސީއަކަށެވެ.

ފުލުހުން ވިދާޅުވީ އޭނާގެ މޫނަށް ދަގަނޑު ހެރުނީ އިމާރާތުގެ މައްޗަށް ދަގަނޑު އަރުވަން އުޅުމުގެ ތެރޭގައި ދަގަނޑެއް ވެއްޓިގެން ކަމަށެވެ. އެކަމަކު އެމީހާއަށް ލިބުނު އަނިޔާގެ އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.

އެނގިފައިވާގޮތުގައި އެ ދަގަނޑު ވަދެފައިވަނީ އެމީހާގެ ނޭފަތާ ދިމާއިންނެވެ. ވަރަށްފުނަށް ދަނގަނޑު ވަދެފައިވާކަމަށާ، އޭނާގެ ޙާލު ސީރިއަސްކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ފުލުހުން ވިދާޅުވީ އެމީހާއަށް މިހާރު އޭޑީކޭ ގައި އަންނަނީ ފަރުވާދެމުންކަމަށެވެ.