ޚަބަރު

"ދަ ވިޗަރ"ގެ ސީޒަން 4 އަކާއި 5 ވެސް އުފައްދަނީ


ބެލުންތެރިންގެ މަޤުބޫލު، ނެޓްފްލިކްސްގެ ސީރީޒް "ދަ ވިޗަރ" ގެ 3 ވަނަ ސީޒަންގެ ޝޫޓިން މިހާރު ނިމިފައިވާއިރު، އޭގެ 4 ވަނަ އަދި 5 ވަނަ ސީޒަންވެސް ގެނެސްދޭނެކަން އިޢުލާނުކޮށްފިއެވެ.

ވިޗަރގެ ފޭންސައިޓް ރެޑަނިއަން އިންޓެލިޖެންސް އިން ބުނާ ގޮތުގައި ސީރީޒްގެ ތަރި ހެންރީ ކެވިލް ލިޔެފައިވާ ނޯޓެއްގައި ބުނެފައި ވާގޮތުގައި 3 ވަނަ ސީޒަނަށްފަހު 4 އަދު 5 ވެސް އޮތީ ކުރިއަށެވެ. މި 2 ސީޒަންވެސް އަދި އޮތީ ސްކްރިޕްޓް ލިޔުމުގެ މަރުހަލާގައެވެ. ނަމަވެސް މި ސީޒަންތަކުގެ މަސައްކަތް ފަށާނެ ދުވަހެއް އަދި ނެޓްފްލިކްސްއަކުން ނުބުނެއެވެ.

ސީރީޒްގެ ރަސްމީ ޓްވިޓާ އެކައުންޓްގައި މީގެކުރިން ބުނެފައިވާ ގޮތުގައި މަޝްހޫރު އެކްޓަރު ހެންރީ ކެވިލް މައިގަނޑު ރޯލުން ފެންނަ ސީރީޒްގެ 3 ވަނަ ސީޒަންގެ އިތުރުން "ދަ ވިޗަރ" ޔުނިވާސްގެ ވާހަތަކެއް ކިޔައިދޭ އިތުރު ފީޗަރ ފިލްމެއް އުފައްދަން ހަމަޖެހިފައިވާ ކަމަށެވެ. އެކަމަކު އިތުރު ތަފުޞީލެއް ނުދެއެވެ.

އެޑަލްޓް އެނިމޭޓެޑް ޑާކް ފެންޓަސީއެއްގެ ގޮތުގައި މިދިޔަ މަހު "ދަ ވިޗަރ: ނައިޓްމެއާ އޮފް ދަ ވުލްފް" ގެ ނަމުގައި ނެޓްފްލިކްސް އިން ފިލްމެއް ގެނެސް ދީފައިވެ އެވެ. އޭގެ ޑައިރެކްޓަރަކީ ވޭންގް 2 ހަން އެވެ.

ފެންޓަސީ ޑްރާމާއެއްގެ ގޮތުގައި ގެނެސްދިން "ދަ ވިޗަރ" ގެ ފުރަތަމަ ސީޒަން 8 އެޕިސޯޑާއެކު ގެނެސްދިނީ 2019 ގެ ޑިސެމްބަރު މަހު އެވެ. ދެވަނަ ސީޒަން ގެނެސްދީފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު 17 ގައެވެ. މި ސީޒަނުގައި ވެސް 8 އެޕިސޯޑް ހިމެނެއެވެ.

ބޮޑު ކާސްޓެއް ވެސް ހިމެނޭ "ދަ ވިޗަރ" އަކީ ލޯރެން ޝްމިޓް ހިރިޝް ގެނެސްދޭ އެއްޗެކެވެ. މި ސީރީޒަކީ ޕޮލެންޑްގެ ލިޔުންތެރިޔާ އެންޑްރޭ ސަޕޯސްކީގެ "ދަ ވިޗާ" ވާހަކަ އަށް ސީރީޒަށް ބިނާކޮށް ގެނެސްދޭ އެއްޗެކެވެ.

ހިޓް ފެންޓަސީ ސީރީޒްގެ ސީޒަން 2 ނިމުނީ ޖެރަލްޓް، ޔެނެފަރ، އަދި ސިރީއާ އާއިއެކު އައު އާއިލާއެއް އުފެދުނު ހިސާބުންނެވެ.