ކުޅިވަރު

ލަންކާއާ ދެކޮޅަށް ކުޅެން ރާއްޖެ ތައްޔާރު - ކޯޗް ރިކީ ހާބާޓް


ކުޅުންތެރިނާ މެދު އިތުބާރު އެބައޮތް ކަމަށާއި، ނަމަވެސް ލަންކާ މެޗް ފަސޭހަ
ނުވާނެ ކަމަށް ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗް ރިކީ ހާބާޓް ބުނެފިއެވެ.

 ސައުތު
އޭޝިއަން ގޭމްސްގައި މާދަމާ ލަންކާއާ ދެކޮޅަށް ކުޅޭ މެޗްގެ ކުރިން ކޯޗް ބުނީ ޒުާން
ކުޅުންތެރިންތަކެއް ޓީމްގައި ތިބިއިރު ގިނަ ކުޅުންތެރިންނަކީ ޕްރިމިއަރ
ލީގުގައިވެސް ކުުޅުުގެ ފުރުސަތު ނުލިބޭ ކުޅުންތެރިން ކަމަށެވެ. ހާއްސަކޮށް ޓީމްގެ
ދެކީޕަރުންނަކީ ލީގުގައި އެންމެ މެޗެއް ކުޅެފައި ތިބި ދެކުޅުންތެިރންކަމަށް ކޯޗް
ބުންޏެވެ. ޓީމަށް މިފަހަރު ނެގި ދެ ކީޕަރުންނަކީ ވިކްޓްރީގެ މުހައްމަދު ޖަޒްލާންއާއި، ޓީސީގެ އަބްދުﷲ ފަޔާޒުއެވެ. ލަންކާއާ ދެކޮޅަށް ރާއްޖެއިން ނިކުންނާނީ ތަފާތު ފޯމޭޝަނަކާއެކު
ކަމަށާއި، ކުޅުންތެރިންނަށް މިއީ ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށް ކޯޗް ބުންޏެވެ.



" ލަންކާގެ ފެންވަރު އިނގިއްޖެ އިންޑާ އަތުން ޓީމް މޮޅުވި ހިސާބުން.
ކޮންމެ މެޗަކީވެސް އުނދަގޫ އަދި ތަފާތު މެޗެއް. ކުޅުންތެރިންނަށް މިއީ ރަނގަޅު
ފުރުސަތެއް ކުރިއަށްދާން" ޤައުމީ ކޯޗް ރިކީ ހާބާޓް ބުންޏެވެ.



ތޭވީސް އަހަރުން ދަށުގެ ޓީމްތައް މިމުބާރާތުގައި ވާދަކުރާއިރު، ޓީމަށް ނެގި
ސީނިއާ ތިން ކުޅުންތެރިންގެ ފަރާތުން އެހެން ކުޅުންތެރިންނަށް ދޭ އެއްބާރުލުން
ކޯޗް ފާހަގަކުރި. ސީނިއާ ޓީމުން ޒުވާން ޓީމަށް ނެގި ތިން ކުޅުންތެރިންނަކީ އަލީ
ފާސިރު، އިސްމާއިލް އީސާ އަދި އަހުމަދު ނާޝިދުއެވެ.



ގްރޫޕް އޭގައި ރާއްޖެއާ ލަންކާ ވާދަކުރާ މެޗް ފަށާނީ ރާއްޖެގަޑިން މާދަމާ
މެންދުރު އެއްްގަޑި ތިރީހުގައެވެ. މިގްރޫޕްގައި ދެން ހިމެނެނީ އިންޑިއާއެވެ.
އިންޑިއާ އާއި ލަންކާ ގްރޫޕްގައި ކުުޅުނު ފުރަތަަމަ މެޗް އެއްލަނޑު ސުންލަނޑުން
ކާމިޔާބުކުރީ ލަންކާއެވެ.