ޚަބަރު

މަޖިލީހުގެ ސާޖެންޓް އެޓް އާމްސް މަޤާމަށް ކުރިމަތިލާން ހުޅުވާލައިފި


ރައްޔިތުންގެ މަޖިލިހުގެ ހުސްވެފައިވާ ސާރޖެންޓް އެޓް އާރމްސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން މިމަހުގެ 28 ވަނަ ދުވަހުގެ ކުރިން މަޖިލިހުގެ އިދާރާއަށް ވަނަވަރާއި އަދި އައިޑީ ކާޑުގެ ކޮޕީ ހުށަހެޅުމަށް ވަނީ އެދިފައެވެ.

މިމަގާމަށް ޝަރުތު ހަމަވަނީ އުމުރުން 25 އަހަރުން މަތީގެ މީހުންނަށެވެ. މަގާމުގެ މުސާރައެއް ކަމުގައި ހަމަޖައްސާފައިވަނީ 32،000 ރުފިޔާއެވެ. ސާޖެންޓް އެޓް އާރމްސްގެ މަގާމަކީ، ރައްޔިތުންގެ މަޖިލިހުގެ އަމީން އާންމުގެ މަގާމައި ޖެހިގެން ދެވަނައަށް އެންމެ އިސް މަގާމެވެ.

ސާޖަންޓް އެޓް އާމްސްގެ މަޤާމަށް ހުޅުވާލީ އެމަޤާމު ފުރުއްވަމުންދިޔަ މުޙައްމަދު ޙަލީމް މިދިޔަ މަހު މަޤާމުން ވަކިކުރުމާއި ގުޅިންގެނެވެ. ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަޤާމަށް މުޙައްމަދު ޙަލީމް އެންމެ ފުރަތަމަ އައްޔަން ކުރައްވާފައިވަނީ 19 ނޮވެންބަރު 2013 ގައެވެ. އޭގެފަހުން 2019 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ 3 ވަނަ ދުވަހު އޭނާ ވަނީ އެމަޤާމުގެ ދެވަނަ ދައުރަކަށް އައްޔަންކޮށްފައެވެ.

މަޖިލިހުގެ ސާޖެންޓް އެޓް އާރމްސްގެ މަގާމު އުފައްދާފައިވަނީ 2013ވަނަ އަހަރުއެވެ.