ސިޔާސީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފަސްކުރައްވައިފި


ރައްޔިތުންގެ މަޖިލީހުގެ
ޖަލްސާތައް މިހަފްތާގައި ނުބާއްވާގޮތަށް މަޖިލީހުން ނިންމަވައިފިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު އަޙްމަދު މުޙައްމަދު ވިދާޅުވީ މަޖިލީހުގެ
ޖަލްސާތައް ފަސްކުރައްވާފައިވާކަމަށާއި، ދެން ޖަލްސާތައް ފަށްޓަވާނެ ދުވަހެއް
ފަހުން އަންގަވާނެކަމަށެވެ. މަޖިލީހުގެ ޖަލްސާތައް ނުފަށާ ފަސްކުރައްވާފައި މިވަނީ
މަޖިލީހުގެ ޗެމްބަރުގައި ޖެނުއަރީ މަހުގެ އަށާވީސް ޗަނަ ދުވަހު ހިނގާދިޔަ
އަލިފާނުގެ ހާދިސާއާއި ގުޅިގެން މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާތީއެވެ. 

ދެން ޖަލްސާތައް ފަށާނެ ވަކި ދުވަހެއް މަޖިލީހުން ހާމައެއް ނުކުރައްވައެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ
ރިޔާސީ ބަޔާން އިއްވެވުމަށް ބޭއްވި ޖަލްސާ 
ވެސް ބާއްވަވާފައިވަނީ ދަރުބާރުގޭގައެވެ. 

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް
ޢާންމުގޮތެއްގައި ބާއްވަވަނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހުއެވެ.