ވިޔަފާރި

ފިރިހެނުންނަށް ހާއްސަ "ދަ މޭން ކޮމްޕެނީ" ރާއްޖެއަށް ތައާރަފްކޮށްފި


ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮސްމެޓިކްސް ސާމާނު ވިއްކާ ޕޮއިޒްއިން، ފިރިހެނުންނަށް ޙާއްސަ ބްރޭންޑެއް ކަމަށްވާ 'ދަ މޭން ކޮމްޕެނީ'ގެ އުފެއްދުންތައް ރާއްޖެއަށް ތަޢާރަފްކޮށް ވިއްކަން ފަށައިފިއެވެ.

ޕޮއިޒް ޕްރިމިއަމް ފިހާރައިގައި މިކަމަށް ބޭއްވި ހަފްލާއެއްގައި މި ބްރޭންޑްގެ އުފެއްދުންތައް ލޯންޗުކޮށްދިނީ މަޝްހޫރު ފިލްމީ ތަރި ޔޫސުފް ޝަފީޢު(ޔޫއްޕެ)އެވެ. އިންޑިއާގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ 'ދަ މޭން ކޮމްޕެނީ' އަކީ ފިރިހެނުން ރީތިވާން ބޭނުންވާ ހުރިހާ ވައްތަރެއްގެ ކޮސްމެޓިކްސްގެ ބާވަތްތައް ހުންނަ ބްރޭންޑެކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ބްރޭންޑް މިހާރު މަޝްހޫރު ވެފައިވާއިރު، ޕޮއިޒްއިން ވަނީ މި ބްރޭންޑުގެ ގިނަ އުފެއްދުންތަކެއް ރާއްޖެއަށް ތައާރަފްކޮށްފައެވެ.

'ދަ މޭން ކޮމްޕެނީ' ބްރޭންޑުގެ އެންމެ ހާއްސަ ކަމަކީ މިއީ އިންސާނުންނަށް ގެއްލުންވާ ކެމިކަލްސް ބޭނުންނުކޮށް ޤުދުރަތީ ގޮތުން ލިބެން ހުންނަ އެއްޗެހި ބޭނުންކޮށްގެން އުފައްދާފައިވާ ތަކެއްޗަށްވުމެވެ.

ޕޮއިޒްއިން ރާއްޖެއަށް ތައާރަފް ކުރި އުފެއްދުންތަކުގެ ތެރޭގައި ޝޭމްޕޫ، ޝަވަރ ޖެލް، ރޯލް އޯން، ލޯޝަންގެ އިތުރުން އިސްތަޝި ގަނޑާއި މޫނަށް ހާއްސަ އުފެއްދުންތައްވެސް ހިމެނެއެވެ.

ޕޮއިޒްއިން ބުނި ގޮތުގައި ފިރިހެނުންނަށް ބޭނުންވާނެ މި ބްރޭންޑުގެ ހުރިހާ ބާވަތެއްގެ އުފެއްދުންތައް އެ ފިހާރައިން ލިބޭނެ ކަމަށެވެ. އަދި މިތަކެތި ހޯލްސޭލްކޮށް ލިބޭނެކަމަށްވެސް ޕޮއިޒްއިން ބުނެއެވެ.

މީގެ ކުރިން ފިރިހެނުންނަށް ހާއްސަ ރިގްސް ބްރޭންޑުގެ ބޮޑީ ސްޕްރޭ ޕޮއިޒްއިން ރާއްޖޭގެ މާކެޓަށް ތައާރަފްކޮށްފައިވާޢިރު، ޕޮއިޒްގެ ފިހާރަތަކަކީ ގިނަ ބާވަތްތަކެއްގެ ރީތިވާ ސާމާނު އަގު ހެޔޮކޮށް އެއްތަނަކުން ލިބޭ ފިހާރަތަކެކެވެ.