ޚަބަރު

ނިކޮލަސް ކޭޖްގެ އާ ފިލްމަކީ "ސިމްޕަތީ ފޯ ދަ ޑެވިލް"


ހޮލީވުޑް ތަރި ނިކޮލަސް ކޭޖް ސައިކޮލޮޖިކަލް ތްރިލާ ފިލްމަކަށް ސޮއިކޮށްފިއެވެ. "ސިމްޕަތީ ފޯ ދަ ޑެވިލް" ނަމަކަށް މި ފިލްމުގައި ކޭޖްއާއެކު ދެން ފެންނާނީ ޖޯއެލް ކިނަމަންއެވެ.

ލޫކް ޕެރެޑައިސް ލިޔެފައިވާ "ސިމްޕަތީ ފޯ ދަ ޑެވިލް" ގައި ދައްކާނީ ޑްރައިވަރެއް އޭނާގެ ކާރަށް އަރައި ގޮތްނޭނގޭ ޕެސެންޖާއެއްގެ ސަބަބުން ޑްރައިވަރު ކެޓް އާއި މައުސްގެ ހައި ސްޓޭކްސް ގޭމެއްގައި އުޅެނިކޮށެވެ.

ކޭޖްގެ ކުރިއަށް އޮތް މި ފިލްމަކީ 2019 ވަނަ އަހަރު ރިލީޒްކުރި ތްރިލާ ފިލްމު "ދަ ސީކްރެޓްސް ވީ ކީޕް" އަށް ފަހު ޕްރޮޑިއުސަރު ޔޫވަލް އެޑްލާގެ އެކު ކިނަމަން މަސައްކަތްކުރާ ދެވަނަ ފަހަރެވެ.

"ސިމްޕަތީ ފޯ ދަ ޑެވިލް" ޕްރޮޑިއުސްކުރަނީ އުންގާރ، ކްރިސްޓިއަން މެރކިއުރީ، ސްޓޫއާޓް މަނަޝިލް، އަދި މާކް ގޯލްޑްބަރގްއެވެ. މި ފިލްމުގެ އެގްޒެކެޓިވް ޕްރޮޑިއުސަރުންނަކީ އެލެކްސް ލެބޮވިޗީ، ޑޭވިޑް ހެރިންގް، ޑޭވިޑް ސުލިވާން، ޖޭސަން ސޮޓޯ، ޓިމް މޫރް، ކޯޓްނީ ޗެން، އަދި ވޭލެން ލިން އެވެ. ފިލްމުގެ ޕްރޮޑަކްޝަންގެ މަސައްކަތް މިހާރު ލަސްވެގަސްގައި ދަނީ ކުރަމުންނެވެ.

ކިނަމަންގެ ކުރިއަށްހުރި މަސައްކަތްކަތުގެ ތެރޭގައި އެޕަލް ޓީވީން ދައްކާ "ފޯ އޯލް މޭން ކައިންޑް" ގެ ލީޑް ރޯލުން މިހާރުވެސް ކިނަމަން ފެނެއެވެ. މީގެއިތުރުން ޖޯން ވޫގެ އެކްޝަން ތްރިލާ ފިލްމު "ސައިލެންޓް ނައިޓް" އަކީވެސް ކިޔާމަން ކުޅެން ހަމަޖެހިފައިވާ ފިލްމެކެވެ.

މީގެ އިތުރުން ދާދި ފަހުން ނިކޮލަސް ކޭޖް ވަނީ ކްރިޓިކުންގެ ތަޢުރީފު ލިބިފައިވާ ފިލްމު "ޕިގް އެންޑް ދަ އަންބެރެއަބަލް ވެއިޓް އޮފް މެސިވް ޓެލެންޓް" އިން ފެނިގެން ގޮސްފައެވެ. އަދި އޭގެ ކޮމެޑީއެއް ކަމަށްވާ "ޑްރީމް ސިނާރިއޯ" އަކީވެސް ކޭޖް ސޮއިކޮށްފައިވާ ފިލްމެކެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ 58 އަހަރުގެ ކޭޖް އަށް މި ހަފްތާ ތެރޭގައި ވަނީ އަންހެން ކުއްޖަކުވެސް ލިބިފައެވެ.