ކުޅިވަރު

ސައުތު އޭޝިއަން ގޭމްސް، ޝިލޮންގގައި ވެސް ކުލަގަދަ ރަސްމިއްޔާތެއް


ސައުުތު އޭޝިއަން ގޭމްސްގެ ހުޅުވުުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް
ޝިލޮންގގައިވެސް ފާހަގަކޮށްފިއެވެ. 12ވަނަ ސައުތު އޭޝިއަން ގޭމްސް ކުރިއަށްދާ ދެ
ސިޓީގެ ތެރެއިން ގުވަހަޓީގައި ހުޅުވުމުގެ ރަސްިޔާތު ބޭއްވީ މިމަހުގެ
ފަސްވަނަދުވަހުއެެވެ. 

ރޭ ޝިލޮންގގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލީ ޤައުމީ
އަންހެން ފުޓްބޯޅަ ޓީމްގެ ކެޕްޓަން ފަދުވާ ޒާހިރުއެވެ. ޝިލޮންގައި ކުރިއަށްދާ
ކުޅިވަރުތަކުގެ ތެރެއިން ރާއްޖެއިން ބައިވެރިވަނީ ތިން ކުޅިވަރެއްގައެވެ. އެއީ ޓީޓީ،
ބެޑްމިންޓަން އަދި އަންހެން ފުޓްބޯޅައެވެ. 

ރޭގެ ހުޅުވުމުގެ ރަސްމިޔާތުގައި ރާއްޖެއިން
ބައިވެރިވެފައިވަނީ އަންހެން ފުޓްބޯޅަ ޓީމް އެކަންޏެވެ. ޓީޓީއާ ބެޑްމިންޓަން މެޗްތައް
އިއްޔަ ކުރިއަށް ދިއުމުގެ ސަބަބުން އެ އެތްލީޓުންނަށް ހުޅުވުމުގެ ރަސްމިޔާތުގައި
ބައިވެރި ނުވެވުނީ ކަމަށް އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެޓްރީ އަހުމަދު
މަރުޒޫޤު ވިދާޅުވިއެވެ. ޝިލޮންގގައި ބޭއްވި ހުޅުވުމުގެ ރަސްމިއްޔާތުގައި އިންޑިޔާގެ ސަޤާފީ
ކުޅިވަރިތަކާ، ހުނަރުތައް ވަނީ ދައްކާލާފައެވެ.