ޚަބަރު

އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި 3 މީހަކު ހައްޔަރުކޮށްފި


އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެއްޖިއްސުން ގުޅުން ހިންގި މައްސަލަ ތަކާއި ގުޅިގެން ތިން މީހަކު ކޯޓު އަމުރެއްގެ ދަށުން މިހަފްތާގެ އަންގާރަ ދުވަހު ހައްޔަރު ކޮށްފައިވާކަމަށެވެ. ހައްޔަރު ކޮށްފައިވަނީ 40 އަހަރުން މަތީގެ 3 މީހުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

ހައްޔަރު ކޮށްފައިވާ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 45 އަހަރުގެ މީހާއަށް 5 ދުވަސް، 47 އަހަރުގެ މީހާއަށް 14 ދުވަސް އަދި 49 އަހަރުގެ މީހާއަށް 14 ދުވަސް ވަނީ ދީފައެވެ.

ބަނގްލަދޭޝް ރައްޔިތަކާއި، އިތުރު ބަޔަކު އެއްޖިންސުން ޖިންސީގުޅުން ހިންގިކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި 4 މީހެއްގެ މައްޗަށް، ވަނީ ދައުވާ އުފުލާފައެވެ. ފުލުހުން މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާއިރު މައްސަލާގައި ތުހުތަމު ކުރެވޭ މީހުން ހައްޔަރުކޮށް ތަހުގީގު ދަނީ ކުރަމުންނެވެ.