ޚަބަރު

ބީއެމްއެލް ސްމޯލް ގްރާންޓް - ތިމާވެށީގެ ޕްރޮޖެކްޓްތަކަށް ހިލޭ އެހީ


ދެމެހެއްޓެނިވި ތަރައްގީއާއި ތިމާވެށްޓާއި ގުޅުންހުރި ޕްރޮޖެކްޓްތައް ހިންގުމަށް ޖަމިއްޔާތަކަށް އަމާޒުކޮށްގެން ބޭންކް އޮފް މޯލްޑިވްސްއިން ތައާރަފްކުރި 'ސްމޯލް ގްރާންޓް' އަށް އެދި ހުށަހެޅުމުގެ މުއްދަތު މި މަހުގެ 15 ނިޔަލަށް ހަމަވާނެއެވެ.

މި ފަންޑަށް ހުށަހެޅޭ ޕްރޮޖެކްޓްތަކުގެ ތެރެއިން 8 ޕްރޮޖެކްޓް ހޮވައި ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 250000 ރުފިޔާގެ ހިލޭ އެހީ ދިނުމަށްވަނީ ބީއެމްއެލުން ވަނީ ނިންމާފައެވެ.

ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވީ ބީއެމްއެލް ސްމޯލް ގްރާންޓްސްގެ ދަށުން މުޖުތަމައަށް ފައިދާކުރަނިވި އަދި ތިމާވެށީގެ މައްސަލަތަކަށް އަމާޒުކޮށް ހިންގޭ ކުދި އަދި މެދު ފަންތީގެ ޕްރޮޖެކްޓްތަކަށް ހިލޭ އެހީ ދިނުމަށް ހަމަޖެހިފައިވާކަމަށާއި، މި އެހީއާކު ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދައިދެވި، މުޖުތަމައުއަށް ދެމެހެއްޓެނިވި ތަރައްގީ ގެނެވި ހެޔޮ ބަދަލުތަކެއް އަންނާނެކަމަށެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ މިދާއިރާގައި މަސައްކަތްކުރައްވަމުންދާ ވީހާވެސް ގިނަ ޖަމިއްޔާތަކަކުން މި ފުރުސަތުގެ ބޭނުންކުރެއްވުން" މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

31 ޑިސެންބަރު 2021ގެ ކުރިން ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުންދާ ޖަމިއްޔާތަކަށް މި ފަންޑަށް އެދި ހުށަހެޅޭނެއެވެ. މި ފަންޑިންގއަށް އެދި ހުށަހެޅޭނެ ދާއިރާތަކުގެ ތަފްސީލް އަދި ފަންޑިންގއަށް އެދި ހުށަހަޅާ ފޯމު ބޭންކުގެ ވެބްސައިޓުން ލިބޭނެއެވެ.