ސައުތު އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސްގެ ޓީމް އިވެންޓްގައި ރާއްޖޭގެ
އަންހެން ޓީމް އަދި ފިރިހެން ޓީމް ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.
ސްރީލަންކާއާ ވަދަކޮށް ރާއްޖޭގެ ފިރިހެން ޓީމް ބަލިވީ ސީދާ ތިން ގޭމުންނެވެ.
ސްރީލަންކާއާ ދެކޮޅަށް ރާއްޖޭގެ މޫސާ މުންސިފް ކުޅުނު މެޗުން އޭނާ ވަނީ ސެޓެއް
ހޯދާފައެވެ.
އަންހެން ޓީމް މިއަދު އިންޑީޔާއާ ވާދަކޮށް ބަލިވީ ވެސް ސީދާ ތިން ގޭމުންނެވެ.
މެޗްތަކަށް ފަހު ރާއްޖޭ ޓީމްގެ އެންމެ ދުވަސްވީ ކުޅުންތެރިޔާ މުއީނާ ބުނީ
އިންޑިޔާއާ ދެކޮޅަށް ދެއްކުނު ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށާއި، ޓީމް
އިވެންޓުން އަދި ކުރިއަށް ދެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
ރާއްޖޭގެ
ޓީޓީ އަންހެން ޓީމް ވަނީ އެންމެ ފަހުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައިވެސް ލޯ މެޑެލް ހޯދާފައެވެ.