ޚަބަރު

އަމީތާބުގެ "ގުޑްބާއީ" އޮކްޓޯބަރު 7 ގައި ސިނަމާތަކަށް


ޑައިރެކްޓަރު ވިކާސް ބާލްއާއިއެކު ބޮލީވުޑް ސުޕަރ ސްޓަރ އަމީތާބު ބައްޗަން މަސައްކަތްކުރާ ފުރަތަމަ ފިލްމު "ގުޑްބާއީ" ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފިއެވެ.

މީގެކުރިން މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ފިލްމަށް ކިޔަނީ "ޑެޑްލީ" އެވެ. ނަމަވެސް އަމީތާބް އެ ފިލްމާ ބެހޭ ގޮތުން ބްލޮގްގައި ހިއްސާކޮށްފައިވާ ބައެއް ވާހަކަތަކަށް ބަލާ އިރު އޭގެ ނަމަކަށް ކިޔާފައި ވަނީ "ގުޑްބާއީ" އެވެ.

އެކްތާ ކަޕޫރްގެ ބާލާޖީ އާއި ރިލަޔަންސް އެންޓަޓައިންމަންޓް ގުޅިގެން އުފައްދާ މި ފިލްމަކީ ދެނުކު ސިނަމާގެ މަޝްހޫރު ތަރި ރަޝްމިކާ މަންދަން ބޮލީވުޑަށް ތަޢާރަފްވާ ފިލްމުވެސްމެއެވެ.


އަންނަ މަހުގެ 7 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ ފެމިލީ ކޮމެޑީ ޑްރާމާ "ގުޑްބާއީ" ގައި ފެނިގެންދާ ކާސްޓުންގެ ތެރޭގައި ނީނާ ގުޕްތާ އާއި ސުނިލް ގްރޯވާ އާއި ޝިވިން ނަރަންގް އާއި އެލީ އަވްރަމާއި ސާހިލް މެހާގެ އިތުރުން ޕަވައިލް ގްލާޓީވެސްހިމެނެއެވެ.

"ގުޑްބާއީ" އަކީ 2019 ގައި ރިތިކް ރޯޝަނާއެކު ގެނެސްދިން "ސުޕަރ 30" އަށް ފަހު ވިކާސް ހަދާ ފުރަތަމަ ފިލްމެވެ.

އަމީތާބު ދެން އެންމެ އަވަހަށް ފެންނާނީ އަންނަ ހުކުރު ދުވަހު ރިލިޒްކުރާ "ބްރަމްސްތްރާ" އިންނެވެ. އޭގަފަހުން އަންނަ ނޮވެމްބަރު 11 ގައި ރިލީޒްކުރާ "އޫންޗާއީ" އިންވެސް އަމީތާބް ފެންނާނެއެވެ.

މި ފިލްމުގެ ކާސްޓުގައި 3 ވެޓަރަން އެކްޓަރުން ކަމަށްވާ އަމީތާބާއި، އަނޫޕަމް ކޭރް އަދި ބޯމަން އިރާނީ ފެންނާނެއެވެ. އާއިލީ ލޯބީގެ ތަފާތު ފިލްމެއްކަމަށްވާ މި ފިލްމުގެ އިތުރ ކާސްޓުންގެ ތެރޭގައި ނީނާ ގުޕްތާ، އަދި ސާރިކާވެސް ހިމެނެއެވެ. އަދި ޕަރިނީތީ ޗޯޕްޅާގެ ޚާއްސަ ފެނިލުމެއްވެސް ފިލްމުގައި ފެނިގެންދާނެއެވެ.