ޚަބަރު

އެޗްޑީސީގެ ބޯޑަށް ބަދަލު ގެންނަން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވައިފި


ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑަށް ބައެއް ބަދަލު ގެންނަވަން ޕްރައިވެޓައިޒޭޝަން ބޯޑަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވައިފިއެވެ.

އެޗް.ޑީ.ސީ.ގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލު ގެންނަވަން ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވީ އެޗް.ޑީ.ސީ.ގެ މެނޭޖިންގ ޑިރެކްޓަރކަމުގެ މަޤާމުން ފުރުއްވަމުން އައި ސުހައިލް އަޙްމަދު، 25 އޮގަސްޓު 2022 އިން ފެށިގެން ރިޓަޔަރވުމަށް ހުށަހަޅުއްވާފައިވާތީއެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން ބުނީ ސުހައިލް ރިޓަޔަރވުމަށް ހުށަހަޅުއްވާފައިވާ ދުވަހުން ފެށިގެން އޭނާ އެމަގާމުން ވަކިކުރެވިފައިވާ ކަމަށެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުންވަނީ އެޗް.ޑީ.ސީ.ގެ މެނޭޖިންގ ޑިރެކްޓަރކަމުގެ މަޤާމުގައި ހުންނަވައިގެން އެކުންފުންޏަށާއި އެކުންފުނީގެ ބޯޑަށް ސުހައިލް އަޙްމަދު ކޮށްދެއްވި ޚިދުމަތްތައް ޝުކުރުވެރިކަމާއެކު ބަލައިގަންނަކަމަށް ވިދާޅުވެފައެވެ.

އެޗްޑީސީގެ އެމްޑީގެ މަޤާމަށް ސުހައިލް އަޙުމަދު އައްޔަން ކުރެއްވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ސުހައިލް ވަނީ، އެ މަޤާމުގައި ހުންނަވަައިގެން ހުޅުމާލެއާއި އެ ކުންފުނީގެ ދަށުން ބަލަހައްޓަމުން އަންނަ ތިލަފުއްޓާ ގުޅީފަޅުގެ ކުރިއެރުމަށްވެސް މުހިންމު މަސައްކަތްތައް ކުރައްވާފައެވެ.