ދުނިޔެ

ކޮލަންބިއާއަށް 450 މިލިއަން ޑޮލަރުގެ އެހީ އެމެރިކާއިން ދެނީ


ކޮލަމްބިޔާއަށް ސުލްޙަ ގެނައުމަށް އެޤައުމުގެ ސަރުކާރާ އިދިކޮޅު ޖަމާއަތާއެކު ވެވޭ އެއްބަސްވުން ތަންފީޒު ކުރުމަށްޓަކައި 450 މިލިޔަން ޑޮލަރުގެ އެހީއެއްދޭނެކަން އެމެރިކާ އިން ހާމަކޮށްފިއެވެ.ވައިޓް ހައުސްއިން ބުނީ މިފައިސާ ހޯދުމަށް ރައީސް ބަރަކް އޮބާމާގެ ސަރުކާރުން އެމެރިކާގެ ކޮންގްރެސްއަށް ވަރަށް އަވަހަށް ހުށަހަޅާނެކަމަށެވެ. މީގެއިތުރުން ކޮލަންބިޔާގެ ދާޚިލީ ހަނގުރާމައިގެ ދުވަސްވަރު އެޤައުމުގެ އެކި ސަރަހައްދުތަކުގައި ވަޅުލާފައިވާ މައިންތައް ނެގުމަށްޓަކައި އިތުރު 33 މިލިޔަން ޑޮލަރު އެޤައުމަށް ދިނުމަށް އޮބާމާ ނިންމަވާފައިވާ ކަމަށްވެސް ވައިޓް ހައުސްއިން ބުނެއެވެ.އޮބާމާ ބުރާސްފަތި ދުވަހުވަނީ ކޮލަމްބިޔާގެ ރައީސް ޖުއާން މެނުއަލް ސަންޓޯސް އާއި ވައިޓް ހައުސްގައި ބައްދަލުކުރައްވާފައެވެ. ކޮލަންބިޔާގެ ދިގުލީ ދާޚިލީ ހަނގުރާމައިގެ ޙަމަލާތައް ހުއްޓާލުމަށްފަހު އެޤައުމުގެ ސަރުކާރާ އަދި އިދިކޮޅު "ފާރކް" ޖަމާޢަތުން ގެންދަނީ ސުލްޙައިގެ ވާހަކަތައް ދައްކައި ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ތައްޔާރުވަމުންނެވެ.