ޚަބަރު

އެކެޑެމީ އެވޯޑްސް ހުށަހަޅައިދޭން ކްރިސް ރޮކް ބޭނުމެއް ނުވި


އަންނަ އަހަރުގެ އެކެޑެމީ އެވޯޑްސް ހޯސްޓް ކުރުމަށް އެކްޓަރު/ކޮމެޑިއަން ކްރިސް ރޮކްއާ ހުށަހެޅުމުން، ޝޯވ ހޯސްޓް ކުރަން ކްރިސް ބޭނުން ނުވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އަންނަ އަހަރުގެ އެވޯޑް ޝޯވ ހޯސްޓު ކުރަން ކްރިސް ބޭނުން ނުވީ މިއަހަރުގެ އެވޯޑު ހަފްލާގައި އެކްޓަރު ވިލް ސްމިތު ކްރިސްގެ ކަން ކަށިމަތީގައި ޖެހި މައްސަލައިގައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

2001ބޮކްސިން ކުޅުންތެރިޔާ މުހައްމަދު އަލީ ގެ މައްޗަށް އުފައްދާފައިވާ 2001 ވަނަ އަހަރުގެ ފިލްމަށް ކްރިސް ވަނީ އިޝާރާތްކޮށްފައެވެ. އެ ފިލްމުން ސްމިތު ވަނީ ފުރަތަމަ ފަހަރަށް އޮސްކާ އަށް ނޮމިނޭޓްވެފައެވެ. ކްރިސް ބުނިގޮތުގައި އޭނާއަށްވުރެ ސްމިތު ބޮޑެވެ. އަދި އޭނާއާއި ސްމިތް އާއި ދެމެދު ހަމަނުޖެހުމެއް ހިނގި ނަމަވެސް އެއީ މާ ބޮޑު ކަމަކަށް ނުވާނެ ކަމަށް ކްރިސް ބުންޏެވެ.

މިދިޔަ އޮގަސްޓްމަހުގެ ކުރީކޮޅު އެކަޑަމީގެ އަލަށް އައްޔަން ކުރެއްވި ސީއީއޯ ބިލް ކްރޭމަރ ފާހަގަކުރެއްވި ގޮތުގައި އެމީހުން ދަނީ ޝޯވގެ ހޯސްޓެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ކްރިސްގެ ކަންކަށިމަތީ ސްމިތު ޖެހީ އޮސްކާ އެވޯޑްގައި ސްމިތުގެ އަންހެނުން ޖޭޑާ އަށް ނިސްބަތްކޮށް، ކްރިސް ޖެހި ޖޯކެއް މާ ސީރިއަސްވެގެންނެވެ. މި މައްސަލައިގައި ސްމިތު 10 އަހަރަށް އެ ހަފުލާ އަށް ދިއުން ވަނީ މަނާވެސްކޮށްފައެވެ.

އޮސްކާ އެވޯޑް ހަފުލާ އިންތިޒާމުކުރާ އެކެޑަމީ އޮފް މޯޝަން ޕިކްޗާސް އާޓްސް އެންޑް ސައިންސެސް އިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސްމިތު އަށް ދޭ އަދަބެއްގެ ގޮތުން، އެ ހަފުލާއަށް އޭނާ ދިއުން މަނާކުރަން ނިންމީ އެ އިދާރާގެ ބޯޑް މެމްބަރުންގެ މެދުގައި މަޝްވަރާކުރުމަށް ފަހުގައި ކަމަށެވެ.

ސްމިތު އަށް އަދަބު ދީފައިވާއިރު، އޭނާ ވަނީ އެކެޑަމީގެ މެމްބަރުން ކަމުން އިސްތިއުފާ ވެސް ދީފައެވެ. އަދި އޭނާ އެކެޑަމީން އިސްތިއުފާ ދިނީ ވެސް، އޭނާ އަށް ކަންތައް ކުރެވުނު ގޮތް ގޯސް ކަމަށް އެއްބަސްވުމަށް ފަހުގައެވެ.