ޚަބަރު

"އިމްލީ" ގެ ލީޑް ތަރިން ޝޯވ އިން ވަކިވަނީ


ބެލުންތެރިންގެ ބޮޑު ސަޕޯޓެއް ލިބިފައިވާ ސްޓަރ ޕްލަސް އިން ގެނެސްދޭ ޝޯވ "އިމްލީ" ގެ ލިޑް ދެ ތަރިން ކަމަށްވާ، ސުމްބުލް ތޫޤީރާއި، ފަހުމާން ޚާންގެ އޮންސްކްރީން ކެމިސްޓްރީ ވަރުގަދަކަމުން ބެލުންތެރިންގެ ބޮޑު ސަޕޯޓެއް އެ ދެ ތަރިންނަށް ވަނީ ލިބިފައެވެ.

ޝޯވ އިތުރަށް ޝައުގުވެކުރުމަށް ޕްރޮޑަކްޝަން ޓީމުން މިހާރު ވަނީ ބޮޑު ބަދަލެއް ޝޯވއަށް ގެންނަން ނިންމާފައެވެ. މި ބަދަލުގެ ސަބަބުން ލީޑް ތަރިންނަށް ވަނީ ޝޯވ އިން ވަކިވާން ޖެހިފައެވެ.

ފަހުމާން ވަނީ އޭނާގެ އިންސްޓަގްރާމްގައި މިކަން ކަށަވަރުވެސްކޮށްދީފައެވެ. ފަހުމާން ބުނިގޮތުގައި ޝޯވ އިން ވަކިވާ ޚަބަރު ފޭނުންނަށް ވާނީ ލިބިފައިކަމަށާއި، އޭގެ ތެދު ދޮގު ބަލަން ބޭނުންވާނެކަން އެގޭތީ އެކަން ކަށަވަރުކޮށްދިނުމަށް ބޭނުންވާ ކަމަށެވެ. އަދި ޝޯވ އިން ވަކިވާކަން އޭނާ ވަނީ ކަށަވަރުވެސް ކޮށްދީފައެވެ.

"އިމްލީ" އަށް ދެން އަންނާނީ އައު ޖީލެއް ކަމަށްވެސް ފަހުމާން ވަނީ ބުނެފައެވެ. ޝޯވ އިން ވަކިވާން ޖެހުނީ އެހެންވެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މި ޚަބަރުގެ ސަބަބުން ޝޯވގެ ފޭނުންނަށް ވަނީ ބޮޑު ހައިރާންކަމެއް ލިބިފައެވެ. ކޮންމެ ހޯމަ ދުވަހަކުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ސްޓަރ ޕްލަސް އިން މި ޝޯވ ދައްކަމުންދެއެވެ. މި ޝޯވގައި ގަޝްމީރު މަހާޖާނީ އާއި މަޔޫރީ ދޭޝްމުކްވެސް މުހިއްމު ރޯލުތަކުން ފެނެއެވެ.