ޚަބަރު

"ހެރީ ޕޮޓާ" ގެ ރީޔޫނިއަން ސްޕެޝަލް އަށް ރޯލިން ނުދިޔައީ މިހެންވެ


އިނގިރޭސިވިލާތުގެ ލިޔުންތެރިޔާ ޖޭކޭ ރޯލިން ގެނެސްދިން ފެންޓަސީ ވާހަކަ ސީރީޒް "ހެރީ ޕޮޓާ" ގެ ރީޔޫނިއަން ސްޕެޝަލް ޕްރިމިއާގައި އޭނާ ބައިވެރިނުވި ސަބަބު ހާމަކޮށްފިއެވެ.

މިއަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހު އެޗް.ބީ.އޯ މެކްސް އިން ލީޑް ކާސްޓުންނާއެކު ތަޢާރަފުކުރި "ހެރީ ޕޮޓާ ޓުވެންޓިއަތް އެނިވާސަރީ: ވަނަ ރިޓާން ޓު ހޮގްވާޓްސް" ގައި އޭނާ ބައިވެރި ނުވީ އެތަނަށް ދާން ދައުވަތު ނުލިބޭތީ ނޫން ކަމަށާއި ނަމަވެސް އޭނާ އަމިއްލައަށް ދާން ބޭނުން ނުވުމުން ކަމަށް ރޯލިން ވަނީ ބުނެފައެވެ.

ދާދިފަހުން ދިން އިންޓަވިއުއެއްގައި ރޯލިން ބުނީ އެ ހަފްލާގައި އޮތީ ފޮތަށްވުރެ ބޮޑަށް ފިލްމުގެ ވާހަކަ ދެއްކުން ކަމުން، އެތަނަށް ދާން އޭނާ އަމިއްލަށް ބޭނުން ނުވީ ކަމަށެވެ.

ނަމަވެސް ގިނަ ބަޔަކު ޤަބޫލުކުރި ގޮތުގައި ރީޔޫނިއަން ސްޕެޝަލްގައި ރޯލިން ބައިވެރި ނުވީ އޭނާކުރި ޓުވީޓުތަކަކާއި ގުޅިގެންނެވެ.

ކުޑަކުދިންނާއި ބޮޑެތި މީހުންގެ މެދުގައި ވަރަށް ވަރަށް ބޮޑު މަޤުބޫލުކަމެއް ހޯދި "ހެރީ ޕޮޓާ" ސީރީޒްގެ 7 ވާހަކައެއް 1997-2007 އާ ހަމައަށް ގެނެސްދީފައިވެއެވެ. އަދި މި ވާހަކަތަކަށް ބިނާކޮށް ވަރަށް ކާމިޔާބު ފިލްމުތަކެއްވެސް އުފައްދާފައިވެއެވެ.