ޚަބަރު

ޔުކްރެއިންގެ އިޤްތިޞާދީ ދުވެލި ހަލުއިވާނެ ކަމަށް ލަފާކޮށްފި


ޔުކްރެއިންގެ އިޤްތިޞާދީ ދުވެލި އަންނަ އަހަރު ހަލުއިވާނެ ކަމަށް ލަފާކުރައްވާ ކަމަށް އެގައުމުގެ މާލީ ވަޒީރު ވިދާޅުވެއްޖެއެވެ.

ރަޝިއާ ޔުކްރެއިން ހަނގުރާމަ ފެށިފަހުން ވަރަށް ބޮޑަށް އަޑިއަޅާފައިވާ ޔުކްރެއިންގެ އިޤްތިޞާދު އަންނަ އަހަރު %15.5 ށް ހަލުއި ވާން ޖެހޭ ކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.

ކިއެވްއަށް ހަމަލާތަކެއް ދީފާނެ ކަމުގެ އިންޒާރުތައް އިތުރުވަމުންދާއިރު، 2023 ވަނަ އަހަރު ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް، ޖީޑީޕީ %15.5 ށް އިތުރުވާނެ ކަމަށް ކެބިނެޓް ވަޒީރު ސްވިރިޑެންކޯ ލަފާކުރައްވައެވެ. އަދި އާ އިޤްތިޞާދީ ލަފާތަކެއް ކުރަން ވަރަށް އުނދަގޫ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ. އެކަން ބަރޯސާ ވާނީ އަސްކަރީ ކުރިއެރުންތަކަށް ކަމަށް ސްވިރިޑެންކޯ އިތުރަށް ވިދާޅުވިއެވެ. ސްވިރިޑެންކޯ ވިދާޅުވީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑާއެކު އަންނަ މަހު ލޯނު ނެގުމުގެ ޕްރޮގްރާމެއްގެ މަޝްވަރާތައް ފެށުމުގެ ކުރިން ސަރުކާރުގެ އޮފިޝަލުން މެކްރޯ އިގްތިސާދީ ލަފާތައް އެކަށައަޅަމުންދާ ކަމަށެވެ.

ޔޫކްރެއިން އިން އެދޭނީ ކިހާވަރެއްގެ ލޯނެއްކަން ކަނޑައަޅަން ސްވިރިޑެންކޯ ދެކޮޅު ހެދި ނަމަވެސް، އާ ޕްރޮގްރާމަކީ ނިސްބަތުން ބޮޑު ޕްރޮގްރާމަކަށް ވާން ޖެހޭ ކަމަށާއި އެހެން ކްރެޑިޓަރުންގެ އަތުން ފައިސާ މިނިވަންކޮށް އިންވެސްޓަރުންނަށް ޔަގީންކަން ދިނުމަށް އަވަހަށް އެއްބަސްވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އައިއެމްއެފް އިން ޔުކްރެއިން އަށް ކުރިން ދޭން ބުނި 5 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނު ޕްރޮގްރާމް މާޗް މަހު ކުރީކޮޅު ވަނީ ކެންސަލްކޮށްފައެވެ. މި ލޯނު ކެންސަލްކުރީ ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ކުރީކޮޅު ކުއްލި ފައިނޭންސިންގް ގޮތުގައި 1.4 ބިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އައިއެމްއެފް އިން ފާސްކުރުމުންނެވެ.

ރަޝިއާ ޔުކްރެއިން ހަނގުރާމަ ފެށި ފަހުން އެހެން ގައުމުތަކާއި މުއައްސަސާތަކުން ބައިނަލްއަގްވާމީ ބަޖެޓުގެ އެހީތެރިކަމުގެ ގޮތުގައި ޔޫކްރޭނަށް 12.7 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ ވަނީ ލިބިފައެވެ. މީގެއިތުރުން އިތުރު 14 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ އަހަރު ނިމުމުގެ ކުރިން ލިބޭނެ ކަމަށް ލަފާކުރެވެއެވެ.