ޚަބަރު

"ހައުސް އޮފް ދަ ޑްރެގަން" ބެލި މީހުންގެ އަދަދު ދިހަ މިލިއަނަށް


މިދިޔަ އާދީއްތަ ދުވަހު ސިނަމާތަކަށް ގެނައި "ގޭމް އޮފް ތްރޯންސް" ގެ ޕްރީކުއެލް، "ހައުސް އޮފް ދަ ޑްރެގަން" އެޗްބީއޯގެ ރެކޯޑުތައް މުގުރާލައިފިއެވެ.

'ހައުސް އޮފް ދަ ޑްރެގަން' ވަނީ އެޗްބީއޯގެ ކޭބަލް ޗެނަލް އެޗްބީއޯ މެކްސްގެ ރެކޯޑުތައްވެސް އާކޮށްފައެވެ. ކޭބަލް މެދުވެރިކޮށް ގާތްގަޑަކަށް 10 މިލިއަން މީހުން މިހާރު ވަނީ މި ސީރީޒް ބަލާފައެވެ.

މިއާއިއެކު ކޭބަލް މެދުވެރިކޮށް މިއަހަރު ތެރޭ އެންމެ ގިނަ ބަޔަކު ބެލި ސީރީޒަކަށް މި ސީރީޒް ވަނީ ވެފައެވެ. މިއީ ނެޓްފްލިކްސްގެ ކާމިޔާބު ޝޯވ "ސްޓްރޭންޖާ ތިންގްސް" އާއި އަޅާބަލާއިރު އިތުރު އަދަދެކެވެ.

"ހައުސް އޮފް ދަ ޑްރެގަން" ގައި ދައްކަނީ 'ގޭމް އޮފް ތްރޯންސް' އިން ފެންނަ ކަންތައްތަކުގެ 200 އަހަރު ކުރީގައި ހިނގާފައިވާ ހާދިސާތަކެވެ.


މި ސީރީޒް ބިނާކޮށްފައި ވަނީ ހަމަ ގޭމް އޮފް ތުރޯންސްގެ ލިޔުންތެރިޔާ އާރްއާރް މާޓިންގެ 2018 ގެ ނެރުނު "ފަޔާ އެންޑް ބްލަޑް" ވާހަކަ އަށެވެ.

މާޓިން އާއި ރަޔަން ޖޭ ކޮންޑާލް ޕްރޮޑިއުސްކުރާ "ހައުސް އޮފް ދަ ޑްރެގަން" ގެ ފުރަތަމަ ސީޒަނުގައި 10 އެޕިސޯޑް ގެނެސްދޭނެއެވެ. އެ ސީރީޒްގެ ލީޑު ކާސްޓްގައި ހިމެނެނީ ޕެޑީ ކޮންޒިޑީން، އެމާ ޑާސީ، އޮލިވިއާ ކުކް، މެޓް ސުމިތު، ރީސް އިފަންސް، ސްޓީވް ޓުޒައިންޓް، އީވް ބެސްޓް، ޖެފާސަން ހޯލް އަދި ބިލް ޕެޓާސަން އެވެ.

ޖުމްލަ 8 ސީޒަން ދެއްކުމަށް ފަހު، 2011 ގައި ފެށި ގޭމް އޮފް ތުރޯންސް ނިންމާލީ، 2018 ގަ އެވެ. އޭގެ 7 ސީޒަނަށް ބޮޑު ތަރުހީބެއް ލިބުނު ނަމަވެސް، ފަހު ސީޒަން ނިންމާލި ގޮތް ފޭނުންނަށް ކަމަކުނުދިޔައެވެ.