ޚަބަރު

މެޑިކަލް ކޭމްޕްގައި ޑޮކްޓަރަށް ދެއްކުމަށް ފުރުޞަތު


އިންޑިޔަން ހައިކޮމިޝަނުން
އިންތިޒާމުކޮށްގެން އައިޖީއެމްއެޗްގައި
ބޭއްވުމަށް ހަމަޖެހިފައިވާ މެޑިކަލް ކޭމްޕްގައި ބައްލަވާ ޑޮކްޓަރުންނަށް
ދެއްކުމަށް ނަން ނޯޓްކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.



ނަން ނޯޓްކުރުމުގެ ފުރުޞަތު
މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހުގެ މެންދަމު 12 ޖެހުމާ ހަމައަށް
އައިޖީއެމްއެޗްގައި ކުރިއަށް ދާނެކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއްވައެވެ. ކޭމްޕްގައި ބައްލަވާ
ޚާއްޞަ ޑޮކްޓަރުންގެ ތެރޭގައި ޕީޑިއޭޓްރިކް ނެފްރޮލޮޖީ، ޕީޑިއޭޓްރިކް އޯރތޯ އަދި ސަރޖިކަލް ޔޫރޮލޮޖީ
ޑޮކްޓަރުން ހިމެނޭކަމަށް އައިޖީއެމްއެޗުން މައުލޫމާތުދެއްވައެވެ.



ނަން ނޯޓްކުރައްވާ
ފަރާތްތަކުން، ޑޮކްޓަރަށް ދެއްކުމުގެ ކުރިން ބަލިމީހުން ސްކްރީން ކުރުމުގެ މަސައްކަތް
އައިޖީއެމްއެޗްގައި ކުރިއަށްދާނެއެވެ. އަދި ސްކްރީން ކުރަން އަންނަންޖެހޭ ދުވަހާއި
ގަޑި ނަންނޯޓް ކުރާ ފަރާތްތަކަށް އަންގަވާނެކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ.




އިންޑިޔަން ހައިކޮމިޝަނުން އިންތިޒާމުކުރައްވައިގެން، އައިޖީއެމްއެޗްގައި މެޑިކަލް ކޭމްޕް ކުރިއަށް ގެންދާނީ މިފެބްރުއަރީ މަހުގެ
12 ން 18 އަށް ކުރިއަށް ގެންދާ ޞިއްޙީ ދުޅަހެޔޮކަމާގުޅޭ ހަފްތާގައެވެ.